ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ނަމުން މަޝްހޫރުވެފައިވާ ކާމިޔާބު އެކްޓަރު އާމިރު ޚާނަކީ އޭނާ ކުޅޭ ފިލްމުތަކާއި އޭގެ ރޯލުތައް ވަރަށް ފަރުވާތެރިކަމާއެކު ހޮވާ އެކްޓަރެކެވެ.
އޭނާގެ ފިލްމުތައް އެންމެ ފުރިހަމަކަމާއި ކާމިޔާބުކަމާއެކު ގެނެސްދިނުމުގެގޮތުން އަހަރަކު އޭނާ ސޮއިކުރާ ފިލްމުތައްވެސް ވަރަށް މަދެވެ. ސަބަބަކީ އޭނާއަށް ފިލްމުން ލިބޭ ރޯލަށް ފުރިހަމައަށް ތައްޔާރުވުމާއެކު އޭނާގެ ފޯކަސް ހަމައެކަނި އެކުޅޭ ފިލްމެއްގެ ކެރެކްޓަރއަކަށް ދިނުމެވެ. މިއިންވެސް އެނގިގެންދަނީ އޭނާގެ މަސައްކަތަށްދޭ ސަމާލުކަމެވެ.
މިވަގުތު ފިލްމު "ލާލް ސިންގް ޗައްދާ" ގެ ޝޫޓިންގްގައި އަވަދިނެތި އުޅެމުންދާ އެކްޓަރު ވަރަށް އަވަހަށް ކުޅިވަރާއި ގުޅުންހުރި ފިލްމަކުން ފެނިދާނެކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.
އާމިރުޚާން ސޮއިކުރާނެކަމަށް ބެލެވެނީ ފިލްމު "ޝުބް މަންގަލް ސަވްދާން" ގެ ޑައިރެކްޓަރު އާރް.އެސް ޕްރަސަންނާގެ ފިލްމަކަށެވެ.
އާމިރްޚާން މީޣެކުރިންވަނީ ފިލްމު "ޝުބް މަންގަލް ސާވްދާން" އަކީ އޭނާއަށް ވަރަށް ކަމުދިޔަ ފިލްމެއްކަމަށްވެސް ބުނެފައެވެ. އަދި މީގެކުރިންވެސް ފިލްމުގެ ޑައިރެކްޓަރާއެކު އެހެން ފިލްމީ ޕްރޮޖެކްޓަކާ ދޭތެރޭ މަޝްވާރާކުރެވިގެން ދިޔަކަމަށްވެސް އިތުބާރު ހުރި ފަރާތްތަކުން ބޮލީވުޑްގެ މީޑިއާއަށްވަނީ ޚަބަރުދީފައެވެ.
އެހެންނަމަވެސް އޭރު އާމިރު ޚާންގެ ޝެޑިއުލްހުރި ގޮތުން ޑައިރެކްޓަރު ޕްރަސަންނާގެ ޕްރޮޖެކްޓްވަނީ ފެށޭގޮތް ނުވެފައެވެ.
ޚަބަރުލިބޭގޮތުގައި ދާދިފަހުން އާމިރުޚާންވަނީ ފިލްމު "ޝުބް މަންގަލް ސާވްދާން" ގެ ޑައިރެކްޓަރާއެކު އެއްމޭޒަކުން ބައްދަލުކުރުމުގެ ފުރުޞަތު ޤަބޫލުކޮށްފައެވެ.
އާމިރުޚާން ސޮއިކުރާނެކަމަށް ބެލެވޭ މިފިލްމަކީ ސީދާ ކުޅިވަރުގެ ދާއިރާއަށް ބިނާކޮށްގެން ތައްޔާރުކުރެވޭ ފިލްމެއްކަމުން މިފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޤަބޫލުކުރަނީ އާމިރުޚާން ނޫން އެހެން އެކްޓަރަކަށް މިކަހަލަ ޔުނީކް ފިލްމެއްގެ ރޯލަށް އިންސާފެއް ނުކުރެވޭނެ ކަމަށެވެ.
ކޮންމެއަކަސް މިފިލްމާގުޅޭގޮތުން ދެކެވޭ ތޯތޯ ވާހަކައަށް އިތުރު ބާރެއް ލިބި ފިލްމު ޔަގީންވާނީ ކާމިޔާބު އެކްޓަރު އަދި ޕްރޮޑިއުސަރު އާމިރުޚާން މިކަމުގައި ގޮތެއް ނިންމުމުންނެވެ.
އާމިރަކީ އަސްލު ވަރަށް ޕާފެކްޓް މީހެއް އެހެންވީމަ މީހުންގެ އިތުބާރާއި އިހުތިރާމާއި ލޯބި ލިބެނީވެސް. ކުއަންޓިޓީ އަށްވުރެ މުހިންމީ ކޮލިޓީ ކަމުގަ ގަބޫލް ކުރާ ތަރިއެއް