ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު މާޓިންގ ކޫޕްމަންގެ އިރުޝާދުގެ ދަށުން މެޗެއް ނުކުޅެ ވަނިކޮށް، އޭނާގެ އެއްބަސްވުން އެފްއޭއެމްއިން އާކޮށްފިއެވެ.

ނަމަވެސް ކޯޗަށް ޤައުމީ ޓީމް ގޮވައިގެން މެޗަކަށް ނިކުތުމުގެ ފުރުޞަތު ނުލިބުނީ ކޯވިޑް19 ގެ ސަބަބުން ޤައުމީ ޓީމް ކުޅެން ހުރި މެޗުތައް ފަސްވުމުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޤައުމީ ޓީމާ ހަވާލުވި ނެދަލެންޑްސްގެ ކޯޗުގެ އެއްބަސްވުން އެފްއޭއެމްއިން އާކުރީ ތިން އަހަރަށެވެ. ކޯޗު ބުނީ އެފްއޭއެމްއިން އޭނާއަށް އިތުބާރުކުރުމުން އުފާވާކަމަށެވެ. ކޯޗުގެ އެއްބަސްވުން އާކުރި ނަމަވެސް އެސިސްޓެންޓް ކޯޗު ރެޑޭ ހިޑިންކްގެ އެއްބަސްވުން އާކުރިކަމެއް ނޭންގެއެވެ. އިތުރުބާރު ހުރިގޮތެއްގައި މައުލޫމާތުލިބިފައިވަނީ ކޯޗާއި އެސިސްޓެންޓް ކޯޗުގެ ގުޅުން ރަނގަޅު ނޫންކަމަށެވެ. ރެޑޭ ހިޑިންކްގެ އެއްބަސްވުން އާނުކުރިޔަސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗު އަލީ ސުޒޭން ހުންނާނެއެވެ.

މިހާރު އޮތްގޮތުން ޤައުމީ ޓީމް ގޮވައިގެން ކޫޕްމަން އެންމެ އަވަހަށްވެސް ނިކުންނާނީ މާރޗްމަހު ވޯލްޑްކަޕް ކޮލިފައިންގ މެޗުތަކަށެވެ.