ދުނިޔޭގެ ބޮޑަތި ކްލަބްތަކުގެ ލޯ އަމާޒުވެފައިވާ އުއްމީދީ ދެކުޅުންތެރިންކަމަށްވާ ހާލަންޑާއި، ސަންޗޯ ލަނޑު ޖެހި ނަމަވެސް ބުންޑަސްލީގުގައި ޑޯޓްމަންޑަށް މޮޅުނުވެވި، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ހޮފެންހެއިންއާ ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މެޗުގައި ހާލަންޑް އިތުރު ދެ ގޯލް ޖެހިނަމަވެސް ރެފްރީ ނިންމީ އޮފްސައިޑްކަމަށެވެ. ޑޯޓްމަންޑް މިސީޒަންގައި އޮތީ ރަނގަޅު ހާލަތެއްގައެއްނޫނެވެ. މިވަގުތުވެސް އޮތީ ލީގު ތާވަލްގެ 6 ވަނާގައެވެ. އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

އެއްވަނާގައި އޮތް ބަޔާން މިއުނިކާ ޑޯޓްމަންޑާ ދެމެދު 15 ޕޮއިންޓްގެ ފަރަޤެއް އެބައޮތެވެ.