އިކުއިކްސް ސްޓޯރުން "އެކްސްޕްރެސް ޔުއަރ ލަވް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔައްގެންދިއުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީ އިން ފެށިގެން 28 ފެބްރުއަރީގެ ނިޔަލަށެވެ. އިކުއިކްސްއިން ކުރިޔައްގެންދާ މި ޕްރޮމޯޝަނަކީ ސެމިލީޒް ރެސްޓޯރެންޓްއާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ.

އިކުއިކްސް އިން ބުނީ މި މުއްދަތުގައި އެ ފިހާރައިން ވިޔަފާރިކުރާ މީހުންގެ ތެރެއިން 200ރ. އަށްވުރެ ގިނައިން ވިޔަފާރިކޮށްގެން ނަސީބުވެރި ފަރާތަކަށް ސެމިލީޒް ރެސްޓޯރެންޓްއިން ދެފަރާތަކަށް ޑިނާ ޑޭޓޭއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ވީޓީވީ "ސަމާސާ" ޕްރޮގްރާމްގައި ޕްރޮމޯޓްކުރެވޭނެކަމަށާއި، އިކުއިކްސްގެ ފޭސްބުކް، ވައިބަރ އަދި ޓްވިޓަރ އެކައުންޓްތަކުގައި އެޑްވަރޓައިޒް ކުރެވޭނެ ކަމަށްވެސް އިކުއިކްސްއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަން އިކުއިކްސްގެ ދެ ފިހާރައެއްކަމަށްވާ އިކުއިކްސްއާއި އިކުއިކްސް އެކްސްޕްރެސްގައި ކުރިޔަށްދާނެއެވެ.