ފޯމް ދަށްވެ، ލީގު ތާވަލްގެ މެދުގައި އޮތް އާސެނަލްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ލީޑްސް އަތުން 4-2 ން ބޮޑު މޮޅެއް ހޯދާ، ތާވަލްގެ 10 ވަނައަށް ޖެހިލި މެޗުގެ ތަރިއަކަށްވީ، ކެޕްޓަން އޮބަމަޔަންގއެވެ. އޭނާ މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއެވެ. މަންމަ ބަލިވެގެން މިދިޔަ މަހު ދެ މެޗެއް ގެއްލުނު ކެޕްޓަން ރޭގެ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ ޕެނަލްޓީއަކާވެސް އެކުއެވެ. މަންމަ ބަލިވެގެން ޓީމާ ދުރުގައިހުރި މުއްދަތުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯބި ރޭގެ މެޗަށްފަހުވެސް އޮބަމަޔަންގ ވަނީ ފާހަގަކޮށްފައެވެ. އާސެނަލްގެ އަނެއް ލަނޑު ޖެހީ ބެލަރިންގއެވެ. ލީޑްސްގެ ދެ ލަނޑު ޖެހީ ސްޓްރިއުކްއާއި، ހެލްޑާ ކޮސްޓާއެވެ.

މޮޅާއެކު އާސެނަލް 10 ވަނާގައި އޮތީ 34 ޕޮއިންޓާއެކުއެވެ. 32 ޕޮއިންޓާއެކު ލީޑްސް އޮތީ 11 ވަނާގައެވެ.