ސްޕެނިޝް ލަލީލާގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެލެންސިޔާ ބަލިކޮށް، ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

2-0 ން ވެލެންސިޔާ ބަލިކުރި މެޗުގައި ލީޑް ނަގައިދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒިމާއެވެ. މިއީ މިސީޒަންގައި އޭނާގެ 17 ވަނަ ލަނޑެވެ. ލީޑް ފުޅާކޮށްދިނީ ކްރޫޒްއެވެ. މިމޮޅާއެކު ރެއާލްއަށް ދެވަނަ ލިބެނީ ތިންވަނާގައި އޮތް ބާސެލޯނާއަށްވުރެ އިތުރަށް މެޗެއް ކުޅެ، ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. ނަމަވެސް އެއްވަނާގައި އެތްލެޓިކޯ މެޑްރިޑާ ރެއާލްއާ ދެމެދު 5 ޕޮއިންޓްގެ ފަރަޤެއް އެބައޮތެވެ. އަދި ރެއާލް ވަނީ އެތްލެޓިކޯއަށްވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ.

ވެލެންސިޔާގެ ނަތީޖާތައްވެސް މިސީޒަންގައި ގޯހެވެ. އެޓީމް 13 ވަނާގައި އޮތީ 24 ޕޮއިންޓާއެކުއެވެ.