ލާޒިއޯ ބަލިކޮށް، ސެރީއާ ތާވަލްގެ އެއްވަނައަށް އިންޓަރމިލާން ޖެހިލި މެޗު ރޮމެލޫ ލުކާކޫއަށް ޚާއްޞަ ވެއްޖެއެވެ.

3-1 ން އިންޓަރމިލާން ކާމިޔާބުކުރި މެޗުގައި ލުކަކޫ ދެ ގޯލް ޖެހިއެވެ. އަދި ތިންވަނަ ލަނޑު ޖަހަން މާޓިނޭޒްއަށް ފުރުޞަތު ފަހިކޮށްދިނީވެސް ލުކާކޫއެވެ. މެޗުގައި ލުކާކޫ ލީޑް ހޯދައިދިނީ ޕެނަލްޓީއަކުންނެވެ. އެ ލަނޑު ވެގެން ގޮސްފައިވަނީ ލުކާކޫގެ ކެރިއަރުގެ 300 ވަނަ ގޯލަށެވެ. އެއީ ޤައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލްތައްވެސް ހިމެނޭ ގޮތަށެވެ. މެޗުގައި ލާޒިއޯގެ ލަނޑު ޖެހީ މިލަންކޮވިޗްއެވެ.

މިމޅާއެކު އިންޓަރމިލާންއަށް އެއްވަނަ ލިބުނީ ކުރިން އެމަޤާމްގައި އޮތް އޭސީމިލާން މިހަފްތާގައި ކުޅުނު މެޗުން ބަލިވުމުންނެވެ. ޕޮއިންޓެއްގެ ފަރަޤަކާއެކު އިންޓަރމިލާނަށް އެއްވަނަ ލިބެނީ 50 ޕޮއިންޓާއެކުއެވެ.