ކޮވިޑް ވެކްސިން ޖެހުމަށްފަހު މާސްކު ނާޅައި ގައިދުރުކަން ނުބަހައްޓާ އުޅެވިދާނެހެއްޔެވެ؟

މި ސުވާލަކީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ސައިންސްވެރީންނާއި ޞިއްޙަތާއިބެހޭ އޮފިޝަލުންގެ ބަހެއް އޮތުމަކީ މުހިންމު ކަމެކެވެ.

ދުނިޔޭގެ އެކުި ޤައުމުތަކުގައި ކޮވިޑް-19 ވެކްސިން ދޭން މިވަނީ ފަށައިގެންފައެވެ. އެކަމަކުވެސް ވެކްސިންގެ ރައްކާތެރިކަމާއި މެދު މީހުންގެ ތެރޭގައި ދެބަސްވުންތައް އުފެދެމުންދަނީ ކަމާގުޅޭގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ފުރިހަމަކޮށް ނުދެވޭތީ ކަމަށްވެދާނެއެވެ.

އެމެރިކާގައި ޗުއްޓީ ނިންމައިލާ އެންމެން މަޑުމަޑުން ވަޒީފާތަކާއި މަސައްކަތަށް ނިކުންނަމުން ދާއިރު ކަންބޮޑުވާ މިންވަރަކަށް ކޮވިޑް-19އިގާ މަރުވާ މީހުން ޢަދަދު އޮތީ މަތީގައެވެ. ނަމަވެސް ބަލީގައި ހޮސްޕިޓަލުގައި އެނދުމަތި ކުރެވޭ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ޞިއްޙަތާބެހޭ ތަޖުރިބާކާރުން ވިދާޅުވަނީ ކޮވިޑްގެ ކޭސްތައް މަދުވުމުގެ އަޞްލަކީ ވެކްސިން ނޫން ކަމުގައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އެމެރިކާގައި ކޮވިޑް-19 އާއި ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކަށް އެމެރިކާ މީހުން ބޯލަނބާތީއެވެ. އެބޭފުޅުން ވިދާޅުވަނީ މާސްކް އެޅުމާއި އިޖުތިމާޢީ ގައިދުރުކަމާއި ދަތުރުފަތުރު މަދުކުރުމަކީ ކޮވިޑް ކޭސްތައް މަދުވަމުންދާ ސަބަބު ކަމުގައެވެ. އެއީ ވެކްސިންގެ ސަބަބުން ނޫން ކަމަށް ސީއެންއެންއިންވެސް އެބޭފުޅުންނާއި ޙަވާލާދީ ރިޕޯރޓު ކޮށްފައިވެއެވެ.

ސީޑީސީގެ ޑިރެކްޓަރ ރޮޗެލް ވެލެންސްކީ ވިދާޅުވީ ކޮވިޑް ކޭސްތައް މަދުވަމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެއް ކަމުގައެވެ. އަދި އެ އަދަދުތައް މަދުވަމުން އަންނަނީ އާދަޔާ ޚިލާފަށް އެ ބަލި ފެތުރެމުންދާ ޤައުމެއްގެ ތެރެއިން ކަމުގައެވެ.

އޭނާ ވިދާޅުވީ ދަރީން އަނބުރައި ސްކޫލްތަކަށް ކިޔަވަން ފޮނުވަން ބޭނުންނަމަ، އަދި އެއީ އެންމެންވެސް އެދޭ ގޮތަށްވާއިރު އެކަން އޮތޯ ޢާންމު މުޖތަމަޢުގައި ބަލި ފެތުރެމުންދާ ގޮތެއްގެ މައްޗަށް ކަމުގައެވެ.

އަހަރުގެ ބޮޑު ޗުއްޓީއަށްފަހު މިއައި ދުވަސްކޮޅުގައިވެސް ފެންނަނީ ކޮވިޑް ބަލީގައި މަރުވާ މީހުން ކަންބޮޑުވާ ދަރަޖައަކަށް މަރުވަމުންދާތަނެވެ. އެހެން ނަމަވެސް ހޮސްޕިޓަކުގައި ފަރުވާދޭނެްޖެހޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. އެމެރިކާގެ ސެންޓާރސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޓޮމް ފްރީޑަން ވިދާޅުވީ މިބަލި ކޮންޓްރޯލް ކުރުމަސް އެންމެންވެސް ކުރާކަމަކީ އެއްކަމެއް ކަމުގައެވެ. އެއީ ދުރުދުރުގައި ތިބުމާއި މާސްކް އެޅުމާއި ތަންތަނަށް ދަތުރު ނުކުރުމާއި އެހެން މީހުނާއި އެކު އެއްވެސް ހޯލްތަކާއި އެފަދަ ތަންނުގެތެރޭގައި އެއްވުންތައް ހުއްޓައިލުން ކަމުގައެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތަކަށްބަލާއިރު ފާއިތު 7 ދުވަހުގެ ތެރޭގައި އެމެރިކާގައި އެވްރެޖް ކޮށް ދުވާލަކަށް ކޮރޯނާ ވައިރަހުގެ އާކެސްތައް ފެނުނު ޢަދަދަކީ 90،416 އެވެ. މިއީ ޖެނުއަރީ މަހުގެ އެވްރެޖް 250،000 އާ ކޭސްތަކަށް ބަލާއިރު ދަށް ޢަދަދެކެވެ. އަދި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހަކީ އެމެރިކާގައި ރެކޯރޑް އަދަދކަށް ކޮވިޑް-19 އިންފެކްޝަން މައްޗަށް ދިޔަ ދުވަހެކެވެ. އެދުވަހު އެކަނިވެސް 132،447 ކޭސް ފެނިފައިވެއެވެ. ނަމަވެސް އާދީއްތަ ދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ 67،023 މީހުން ކަމަށް ކޮވިޑް ޓްރެކިން ޕްރޮޖެކްޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޤައުމެއްގެ ނިސްބަތުން ކޮވިޑް-19އިގެ ކޭސްތައް މަދުވަމުން ދިޔަނަމަވެސް އަދިވެސް ވަރަށް ގިނަ މަސައްކަތކޮށް ވަރަށް ދުރު ދަތުރެއްކުރަން މިވަނީ ޖެހިފައެވެ. ސަބަބަކީ މިހާރުވެސް ދުވާލަކަށް އެވްރެޖް 3 ހާސް މީހުން އެމެރިކާގައި ކޮވިޑް ބަލީގައި މަރުވެއެވެ.

މިހާ ހިސާބަށް ދިޔައިރު އެމެރިކާގައި 14 މިލިއަން މީހުނަށްވަނީ ވެކްސިންގެ ދެ ޑޯޒް ދެވިފައެވެ. ނަމަވެސް ވެކްސިންގެ ކާމިޔާބު ފާހަގަ ކުރުމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ. އަދި މި ޢަދަދަކީ އާބާދީގެ އެންމެ 4 އިންސައްތައެވެ.

ހަމަ މިއާއި އެކު ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް އެމެރިކާގައި ފެތުރެމުންދާތީ އެމެރިކާގެ ރައްޔިތުން ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކާއި އެކު ދެމިތިބުމަށް އިލްތިމާސް ކުރެވިފައިވެއެވެ.

އެމެރިކާގައި 37 މިލިއަން މީހުނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ސެންޓަރފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ ބުނެފައެވެ. އަދި 14 މިލިއަން މީހުން ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ގިނަބަޔަކަށް މިހާރު ބަލީގެ ދިފާޢީ ވެކްސިން ދީފައިވާއިރު ނުވަތަ ބަލީން ދިފާޢު ކޮށްދެވިފައިވީ ނަމަވެސް އަދިވެސް ސުވާލުތަކެއް އެބަހުއްޓެވެ. އެއީ ޢާއިލާއަށް ޒިޔާރަތްކުރުމާއި އިޖުތިމާޢީ އެއްވުމެއް ބާއްވަން މިހާރު ހިތަސް އެރުވުން އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ވެކްސިން ޖަހައިގެން ހުރުމަކީ ބޭރަށް ނިކުމެ އުޅުމުގެ ފިކުރު ބޮޑުވުންތަކާއި ގެންފައިވާ ބިރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރުހަމަ ކޮށްގެން ތިބި މީހުންވެސް އަދިވެސް ޖެހޭނީ ޢާންމު ޞިއްޙަތުގެ ޤާވާއިދުތަކަށް އަހުލުވެރިވެގެން އުޅޭށެވެ. އެގޮތުން ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ކަހަލަ މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން އުޅޭށެވެ.

ވެކްސިން ފުރުހަމަ ކޮށްގެން ހުރުމުގެ މާނައަކީ ދެވަނަ ޑޯޒް ޖަހައިގެން ވެކްސިން ޖަހައިގެން މަދުވެގެން ދެހަފްތާ ދިއުމެވެ. އެއީ އެއްޑޯޒް ވެކްސިނެއް ވިޔަސް އަދި ދެޑޯޒްގެ ވެކްސިނެއް ވިޔަސް އެކަން އޮތް ގޮތެވެ.

ނޫސްވެރީން ގެންދަނީ އެމީހުން ފުރަތަމަ ސަފުގައި ރައްޔިތުންނަށް ލިބިދޭން ޖެހޭ މަޢުލޫމާތު ފޯރުކޮށްދެވޭތޯ ބަލަމުންނެވެ. އެމެރިކާގެ އާންމު ޞިއްޙަތާއިބެހޭ އެންމެ އިސް އޮފިޝަލް ޑޮކްޓަރ އެންތަނީ ފައުޗީގެ އަރިއަހުގައި މިހާރު ފެންނަމުން މިދާ ގޮތަށް ބަލާއިރު މާސްކް ނާޅައި ގައިދުރުކަން ނުބަހައްޓައި އުޅުން ރައްކާތެރިތޯ ސުވާލު ދެންނެވުމުން ދެއްވި ޖަވާބު ވަރަށް ސާފެވެ.

އޭނާވިދާޅުވީ އާނއެކޭ! ބުނެވިދާނެކަމުގައެވެ. ނަމަވެސް އެއީ އެ ގޮތަށް އެއްވާ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްގެން ތިބި މީހުނަށްވާން ޖެހޭނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެގޮތަށް އެއްވާ މީހުންގެ ތެރެއިން އެއްބަޔަކީ ވެކްސިން ޖަހައިގެން ތިބި ބަޔަކަށްވެފައި ވެކްސިން ނުޖަހައި އެ އެއްވުމުގައި އެހެން ބަޔަކު ތިބި ނަމަ އޭގެ މާނައަކީ ވެކްސިން ނުޖަހާ މީހުންގެ ނޭފަތާއި ކުޅުގައި ވައިރަސް ހުރުމާއި އެކު އެހެން މީހުންގެ ގަޔަށް ވައިރަސް އެރުމުގެ ފުރުޞަތު އޮތުން ކަމުގައެވެ. އެހެންވީމާ އެންމެން ވެކްސިން ނުޖަހާހައި ހިނދަކު މާސްކް އަޅައިގެން އުޅުން މުހިންމު ސަބަބެއް ކަމުގައި ބުނެވޭނެއެވެ. އަދި ވެކްސިން ޖަހައިފައިވާނަމަ ވައިރަހުގެ އަސަރު ކުޑަވާނެކަމުގައި ފައުޗީ ވިދާޅުވިއެވެ. ނަމަވެސް މާސްކް އެޅުން އެއީ މުހިންމު ކަމެކެވެ.

ވެކްސިންގެ ބާރު ދެމިގެންދާނީ ކިހާ ދުވަހަކަށްކަން އަދި އެނގިފައި ނުވާއިރު އަސްޓްރާ ޒެނީކާއާއި މޮޑާރނާގެ ފުރަތަމަ މަރުޙަލާގެ ތަފާސް ހިސާބުތަކުން އިޝާރާތް ކުރަނީ ބަލީގެ ޢަލާމާތްތައް ނުފެނި ބަލި ހުންނަ މީހުން ރައްކާތެރިކޮށްދޭ ކަމެވެ. އެހެންވީމާ ވައިރަސް ފެތުރުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.

ހާރވާރޑް ޓީއެޗް ޗޭން ސްކޫލް އޮފް ޕަބްލިކްހެލްތުގެ އެސޯސިއޭޓް އެޕިޑެމިއޮލޮޖިސްޓް ޕްރޮފެސަރ ވިލިއަމްހެނޭޖް ވިދާޅުވީ އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާކަމުގައެވެ. އަދި މި ވެކްސިންތަކުން އިންފެކްޝަން ހުޓުވިދާނެތޯ އަދިވެސް ދިރާސާކުރަމުންދާކަމުގައެވެ. އަދި އޭގެ މާނައަކީ ވެކްސިނަކީ ރައްކާތެރި އެއްޗެއް ނޫން ކަމަށް ބުނުން ކަމުގައެވެ. ނަމަވެސް ވެކްސިން ޖަހައިފައި ހުރި ނަމަވެސް ނޭނގުމުގެ ތެރޭގައި ބަލި ހުރެފައި ޤަޞްދަކާއި ނުލައި އެހެން މީހަކު އިންފެކްޓްވެދާނެތޯ އެއީ އަދި ހޯދަން ޖެހިފައިވާ ކަމެއް ކަމުގައެވެ.

އޭނާ ވިދާޅުވީ މިވެކްސިންތަކަކީ އޭނާގެ ޢިލްމީ ޙަޔާތުގައި ފެނުނު ސައިން ޢިލްމުގެ އެންމެ ބޮޑު ކުރިއެރުމާއި ކާމިޔާބެވެ. އެހެން ވީމާ ކުއްލިއަކަށް ވަބާގެ ކުރީން އޮތް ޙާލަތަށް އެނބުރިގަތުމަކީ މޮޔަކަމެއްކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.

އެންތަނީ ފައިޗީ ފަދައިން ހެނޭޖްވެސް ވަނީ އެ ދެބޭފުޅުންނާއި އާއިލާގެ ޢުމުރުން ދުވަސްވީ އެންމެހާ މެމްބަރުންނާއި އެކު ވެކްސިން ޖައްސަވައިފައެވެ. އަދި އެމީހުނާއި ގައިގޯޅިވެ އުޅުމަކީ ރައްކާތެރިކަމެއް ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.

ހެނޭޖް ވިދާޅުވީ ވެކްސިންގެ އެންމެ ރަނގަޅު ކަމަކީ ވެކްސިން ޖަހަން ފެށިއިރު ޢުމުރުން ދުވަސްވީ މީހުނާއި ބަލިތަކުން ހާލު ދެރަކޮށްލާފަދަ މީހުނަށް ވެކްސިން ދިނުން ކަމުގައެވެ. އަދި އެކަމުގެ ސަބަބުން އެމީހުނާއި ގާތްކަން ބެހެއްޓުމާއި ގާތަށް ގޮސް އުޅުން އެތައް ގޮތަކުން ފަސޭހަވެގެން ދިޔަކަމުގައެވެ.

އެޓްލާންޓާގެ އިމޯރީ ޔުނިވަރސިޓީގެ އިންފެކްޝަސް ޑިޒީސްއާއިބެހޭ އެސޯސިއޭޓް ޕްރޮފެސަރ ދރ. ޖޭ ވަރުކީ ވިދަޅުވީ އޭނާ ވެކްސިން ފުރުހަމަ ކުރައްވައިފައި ވުމާއި އެކު އޭނާގެ ޢާއިލާވެސް ވެކްސިން ފުރިހަމަކުރުމާ ހިސާބަށް ދެވުމުން ލިބިވަޑައިގެންފައިވާ އުފާވެރިކަން ބޮޑުކަމުގައެވެ. އަދި ޢާއިލާއާއިއެކު ވަގުތު ހޭދަކޮށް އަނބިދަރީންނާއި ލޯބިކޮށްލައްވާހިތުން ހުންނެވެނީ ނޫން ކަމުގައެވެ. ނަމަވެސް އެފަދަ ވަގުތެއް ރައްކާތެރި ގޮތުގައި ލިބޭނީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުން ކުޑަވެގެން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޢާއިލާގެ ޢުމުރުން ދުވަސްވީ ބައެއް މީހުންނަކީ އަސާސީ ޚިދުމަތްތަކުގައިވާ ބައެއްނަމަ އެމީހުނާއި ހިސާބަށްދިއުމަށް ވަގުތު ނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާއިލާއެއްގެ މެމްބަރަކު ގެއިން ބޭރުގައި އަސާސީ މަސައްކަތުގައި އުޅޭނަމަ ނުވަތަ ޢާންމު ޚިދުތަދިނުމުގައި އުޅޭނަމަ އެމީހުންނަކީ އެހެން މީހުނާއި ބައްދަލުވެއުޅޭ ބަޔަކަށްވާނެއެވެ. އެހެންވީމާ ވެކްސިން ނުޖަހައިތިބޭ އެފަދަ މީހުނާއި ގާތުގައި އުޅުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސޭހައިން ފެތުރޭ އަދި ގައިންގަޔަށްއަރާ ބަލިތަކާއި ބެހޭ ތަޖުރިބާކާރުންގެ ތެރޭގައިވެސް ހަތަރުފާރުގެ އެތެރޭގައި ރަޙުމަތްތެރީނާއި ބައްދަލުވެ އުޅުމާއި މެދު ޚިޔާލު ތަފާތެވެ. ޔޫސީއެފްއެސް ހެލްތުގެ ގައިންގަޔަށްއަރާ ބަލިތަކާއި ބެހޭ ފިޒީޝަން ޑޮކްޓަރ ޕީޓަރ ޗިން ހޮންގވެސް ވަނީ ދިފާޢު ފުރިހަމަ ކޮށްގެން ތިބޭ މީހުން އެފަދަ ތަނަކަށް އެއްވެ އުޅުމުގެ މައްސަލައެއް ނެތް ކަމަށްވިދާޅުވެފައެވެ. އެގޮތުން އެބޭފުޅުން ސިފަ ކުރައްވާ އިމިއުނިޓީ ބަބްލްގެ ތެރޭގައި ވެކްސިން ޖަހައި ފުރިހަމަ ކޮސްގެން ތިބޭ މީހުން މާސްކް ނާޅައި އުޅުމުގައި މައްސަލައެއް ނެތް ކަމުގައެވެ.

ގިނަ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ވެކްސިން ޖަހައިގެން ތިބޭ މީހުންވެސް ބޭރަށް ނިކުމެ އުޅޭއިރު މާސްކް އެޅުމާއި ގައިދުރުކަން ބަހައްޓަން ޖެހެއެވެ. ނަމަވެސް ވެކްސިން ފުރުހަމަ ކޮށްގެން ތިބި ބައެއްގެ ތެރެއަށް ދިއުމަށްފަހު މާސްކް ނަގައިގެން ގައިދުރުކަމަކާއި ނުލައި އުޅެވިދާނެއެވެ. އެހެން ނަމަެވސް ހަތަރުފާރުން އެތެރޭގައި ބައްދަލުވުންތަކުގައިވެސް ރައްކާތެރިކަމާއިއެކު އުޅުމަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން ގެންދަވަނީ ލަފާދެއްވަމުންނެވެ. އެއީ ވެކްސިނަކީ ރައްކާތެރި އެއްޗަކަށް ނުވާތީއެއްނޫނެވެ. ނަމަވެސް ކޮވިޑާއި ގުޅޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދެނެގަންނަން ޖެހިފައިވާތީއެވެ.

ވެކްސިން ޖެހުމުން ރައްކާތެރީ ކޮންކޮން ކަންތައްތަކެއްކަން ބުނެދިނުމުގައި އަދިވެސް ތަޖުރިބާކާރުންގެ ޚިޔާލުގައި ކުޑަ ތަފާތެއް އެބަހުއްޓެވެ. ނަމަވެސް އެބޭފުޅުން އެއބަސްވެވަޑައިގަންނަވާ އެއްކަމެއް އެބަ އޮތެވެ. އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެއްލައި ނުލާށެވެ. ސަބަބަކީ މާސްކް އަޅައިގެން އުޅުމަކުން އެއީ ވެކްސިން ޖަހައިގެން ހުރި މީހެއްކަން ނޭނގުނު ނަމަވެސް ވެކްސިން ނުޖަހައި ހުންނަ މީހާއާއި ދެން ހުރި މީހާއަށް ތިމާއަކީ އަނެކާގެ ރައްކާތެރިކަމަށް އަހައްމިޔއްތުކަންދީގެން އުޅޭ މީހެއްކަން އަންގައިދިނުމެވެ. މުޖުތަމަޢުގެ އެއްބައިވަންތަ ކަމަކީ އެއީއެވެ.