ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މިނިސްޓަރ ކުރެން މެމްބަރު ކުރެއްވި ސުވާލަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެދޭ ފަރާތްތައް ދެނެގަތުމަށް 2019 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ އެންގުމަކަށް ރަށު ކައުންސިލްތަކުން ހުޅުވާލި ފުރުސަތުގަ ގިނަ ބަޔަކު އެކަމަށް އެދި ސިޓީ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތާ ގުޅޭ އިތުރު މައުލުމާތެއް ރައްޔިތުންނަށް ނުލިބި ލަސްވަނީ ކީއްވެގެންތޯ އާއި އަދި ބޯހިޔާވަހިކަމުގެ ވައުުދުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގަ ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށެއްގައި އަމިއްލަ ގޯތީގައި ގެދޮރު ނޭޅި ހުރި ފަރާތްތަކުގެ ތެރެއިން ގެއަޅަން ބޭނުންވެފަތިބީ ކިހާއަދަދެއްގެ ބައެއްތޯ ބެލުމަށް ކުރި މަސައްކަތުގެ ދަށުން މުޅި ރާއްޖޭގައި ހަ ހާހެއްހާ މީހުން ގެދޮރު އަޅަން ބޭނުންވާކަން އެނގިފައިވާ ކަމަށެވެ.
2019 ވަނަ އަހަރު އެ މަސައްކަތް ކުރުމަށްޓަކައި ހުޅުވާލުމުން ހަ ފަރާތަކުން އެ މަސައްކަތް ކުރާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި 2020 ވަނަ އަހަރު ފެށިގެން އައި ހިސާބުން އެއިން އެއްވެސް ޕްރޮޕޯސަލަކާއެކީގައި ކުރިއަށްދެވޭ ގޮތެއްނުވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރު އެޅުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ވާންޖެހޭނީ ދެމެހެއްޓެނިވި ޕްރޮގްރާމެއްގެ ގޮތުގައި ކަމަށާއި ސަރުކާރުން ލޯނެއް ނަގައިގެން ގެއެއް އެޅިކަމުގައިވީނަމަވެސް އެ ލޯނު ނަގައިގެން އެކުރި ޚަރަދެއް އަނބުރާ ލިބެންޖެހޭނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަން ކުރިއަށްގެންދިޔުމުގަ ރަށު ކައުންސިލްގެ ދައުރެއް އޮންނަންޖެހޭ ކަމަށާއި އަދި ގޯތީގެ ވެރިފަރާތަށްވެސް އެކަން ކުރުމުގެ ޒިންމާއެއް އޮންނަންޖެހޭ ކަމަށެވެ.
ސަރުކާރުން ލޯނު ނަގައިގެން ގެދޮރު އަޅައިގެން އެ އަޅަން ދިޔަ ޚަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށްވާނަމަ އެއީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ސްކީމަކަށް ނުވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
ބަލަގަ އިހަށްދުވަހު ކަލޭމެން ބަވަމުންދިޔައީ ބޯހިޔާވެހިކަން އެއީ އަސާސީ ހައްގެކޭ ތިމަންނަމެންގެ ވެރިކަމެއްގަ އެއްމެނަށް ބޯހިޔާވެހިކަން އޮންނާނީ ހަމަޖެހިފައޭ، މިހާރު މިކިޔަނީ ކީކޭ؟ ވިޔަފާރި ނޫންގޮތަކަށް ނުވާނޭ. ކިހާދެން ދެރަކަމެއް. ނުވަންޏަ އެއްފަރާތަށް ޖެހިލަންވީނު.
އެއްކަމެއްވެސް މިވެރިންނަކަށް ނުވާނެ. ވެރިކަމަށް އައުމުގެ ކުރީގެ މުޅި ގައުމުގަ ދުވި މޮޅެތި ވާހަކަ ދައްކަމުން. މިހާރުމިވީ ކީހާ ޅެން ފަރިއްސަށް. ތާހިރު ވެއްޖެނު