މިމަހުގެ މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް 52،943 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ،

މިމަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 14ވަނަ ދުވަހުގައެވެ. އެދުވަހު ރާއްޖެއަށް 4856 ފަރުތުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 12ވަނަ ދުވަހު 4809 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 92،103 ފަތުރުވެރިންނެެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ، 145،046 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 257،910 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 31،798 ފަތުރުވެެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 31،739 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިިންއާއި، ކަޒަކިސްތާން، ރޮމޭނިއާ ޖާމަނީ، ފްރާންސް އަދި ސްވިޒަލޭންޑާއި އިނގިރޭސިވިލާތުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިންނަށް ޚިދުމަތްދޭ 641 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 145 ރިސޯޓާއި، 11 ހޮޓެލް އަދި 136ސަފާރީގެ އިތުރުން 349 ގެސްޓްހަސްއެވެ.

މީއީ 43،976 ބެޑް ކެޕޭސިޓީއެވެ. އެގޮތުން ބެޑް ކެޕޭސިޓީ އެންމެ ގިނައީ ރިސޯޓްތަކުގައެެވެ. ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 33،432 އެވެ. ދެން ބެޑް ކެޕޭސިޓީ އެންމެ ގިނައީ ގެސްޓްހައުސްތަކުގައެވެ. އެގޮތުން ގެސްޓްހައުސްތަކުގެ ބެޑް ކެެޕޭސިޓީއަކީ 6450އެވެ.