ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއިން މިގޮތަށް މިހަމަޖެއްސީ މިމަހުގެ 16 ވަނަދުވަހުއެވެ.

ފިއުލްސަޕްލައި މޯލްޑިވްސްގެ 3 ޕެޓްރޯލްޝެޑް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެކުންފުނީގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި އައްޑޫ އާއި ފުވައްމުލަކާއި، ގދ ތިނަދޫގައިވެސް އެކުންފުނީގެ ޕެޓްރޯލްޝެޑްތައް ހުރެއެވެ.

މިގޮތުން އެފްއެސްއެމް އިން ބުނީ މާލެ ސަރަހައްދުގެ ހުރިހާ ޝެޑްތަކުން ބުރާސްފަތިދުވަހާއި ހޮނިހިރު ދުވަހު ހެނދުނު 8 އަކުން އިރުއޮއްސި 6 ޖަހުމާއި ދެމެދު ހިދުމަތް ދެވޭނެކަމަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތް ދޭނީ މެންދުރު 2 އަކުން ހަވީރު 4 އަކާއި ދެމެދުކަމަށެވެ.

އަދި މިއަދުން ފެށިގެން ތިލަފުށީގެ ސޭލްސް ޕޮއިންޓުން ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި މެންދުރު ދޭކުން އިރުއޮއްސި 6:30 އަކާއި ދެމެދު ފިއުލް ޝެޑްތަކުން ޙިދުމަތް ލިބޭނެކަމަށާއި، ހުކުރުދުވަސްތަކުގައި ހިދުމަތް ދެވޭނީ މެންދުރު ދޭކުން ހަވީރު 4:30 އަށް ކަމަށް އެފްއެސްއެމް އިން މައުލޫމާތުދެއެވެ.

މީގެއިތުރުން އީޒީ ފިލް 1 (ސްޓެލްކޯ) އަދި އީޒީ ފިލް 3 (ހުޅުމާލެ) އިން އިރުއޮއްސި 6 އަކުން ފެށިގެން ރޭގަނޑު 11 އާއި ހަމަޔަށް ޚިދުމަތް ލިބޭނެ ކަމަށާއި މިތަންތަނުން ޙިދުމަތްލިބޭނީ ފުލުހުންގެ ޙާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ކޮންމެ ނަމާދު ވަގުތަކަށް ޝެޑްތައް 25 މިނެޓަށް ބަންދު ކުރެވޭނެކަމަށް އެކުންފުނިން ވަނީ މައުލޫމާތުދިފައެވެ.