ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ 75 ރުފިޔާ އަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މި ތަޢާރަފު ކުރި އޮފަރ ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސްއެމްއެސްއެއް ފޮނުވައިގެން އެކްޓިވޭޓު ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ. މިނީ ޑޭޓާ ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3ގެ ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފައެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބެންހުންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.