ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ބޮޑުކޮށްފައިވާކަމަށާ އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. މިދިޔަ މާޗު މަހުން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.07 ރުފިޔާއަށެވެ.
ޑީސަލް ވިއްކާ އަގަށް އެސްޓީއޯއިން ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 0.48 ލާރި ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 9.19 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކީ 8.71 ރުފިޔާއަށެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގަ އެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުތައް އޭގެ ކުރިން ހުރި ވަރަށްވުރެ ކުޑަކޮށްފަ އެވެ.
ކަނޑަ އެޅިގެން ދޮގެއް. އެސްޓިއޯއިން މި އަހަރުވެސް ތެލު އަގު ވަނީ 3 4 ބުރަަށް ބޮޑު ކޮށްފަ. މިއަހަރު ފެށުނު އިރު ހުރީ ޑީސަލް ލީޓަރެއް 6ރުފިޔާ ލާރި ކޮޅަކަށް.