ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ވެކްސިން ދެމުންދާ ގޮތާއިމެދު ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެންދާއިރު އަނެއްބައެއްގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރެއިން ފަހަގަކޮށްލެވޭ އެއްބޭފުޅަކީ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ބޮޑުވަޒީރު ކީތު ރައުލީއެވެ. އޭނާ އެއްގޮތަކަށްވެސް ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ވެރިއާއާއިއެކުދެއްވި ބަސްދީގަތުމެއްގައި ބުރާސްފަތިދުވަހު ވިދާޅުވީ ވެކްސިން ބޮނޑިކުރުމާއި ވެކްސިންގެއަގު ކަނޑައެޅުމާއިމެދު ޢާންމު އާދައިގެ މިންވަރަށްވުރެ ތަންކޮޅެއް ބޮޑު ކަންބޮޑުވުމެއް އެބަ އޮތް ކަމުގައެވެ.

އެހެންވީމާ ވެކްސިން ހޯދުމާއިގުޅޭގޮތުން މިވަގުތު އެންމެ ރަނގަޅަށް އެކަން ދެނެވަޑައިގަންނަވާ ބޭފުޅަކަށް އޭނާ ވާނެއެވެ.

އެމެރިކާގައި 60 މިލިއަން ޑޯޒް ވެކްސިން މިހާރު މިވަނީ ދީފައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަދި އެއްވެސް މީހަކަށް ވެކްސިނެއް ނުދެވެއެވެ. އެހެން ނަމަވެސް ޓްރިނިޑާޑް އެންޑް ޓޮބާގޯގައި ވަނީ ފުރަތަމަ ސަފުގައި މަސައްކަތްކުރާ މީހުނަށް ވެކްސިން ދީފައެވެ. އެހެނެއް ކަމަކު އެކަމަށް މަގުފަހިވީ އިންޑިއާއިން ބާރބެޑޯސްއަށް ހަދިޔާކުރި 2000 ޑޯޒްގެ ސަބަބުންނެވެ. އެއީ އޭގެ ބައެއް އަވަށްޓެރި ކެރީބިއަންގެ ޤައުމުތަކަށް އެމީހުން ހިތުންރުހުމުން ދިނީތީއެވެ.

ތަޞައްވަރުގެ ދުނިޔެއެެއްގައި މުހިންމު އަދި އެންމެނަށް ބޭނުންވާ ވެކްސިނެއްގެ އަގު އޮންނަންވާނީ ހަމަޖެހޭ އަގެއްގައެވެ.

މެދުމިންވަރާއި އެންމެ ދަށް އާމްދަނީ ލިބޭ ޤައުމުތަކަށްބަލާއިރު އިންޑިއާގައި އޮކްސްފޯރޑް އަސްޓްރާޒެނީކާ ޑޯޒެއްގެ އަގަކީ 2.27 ޑޮލަރެވެ. އެފްރިކާ އިއްތިޙާދުގައި 3 ޑޮލަރެވެ. ކޮވެކްސްއިން ވެސް 3 ޑޮލަރަށެވެ. އަދި ބަނގްލަދޭޝްގައި 4 ޑޮލަރަށް ޑޯޒެއް ލިބޭއިރު ފިލިޕީންސްގައި 5 ޑޮލަރެވެ. އަދި ޔޫގެންޑާގައި 8.5 ޑޮލަރަށެވެ.

މެދުމިންވަރުން ތަންކޮޅެއް މަތީގެ އާމްދަނީ ލިބޭ ޤައުމުތަކުގައި ކުޑަތަފާތެއް އެބަހުއްޓެވެ. އެގޮތުން ބްރެޒިލްގައި 3.16 ޑޮލަރާއި 5.00 ޑޮލަރަށްހުރިއިރު ދެކުނު އެފްރިކާގައި 5.25 ޑޮލަރެވެ.

އެންމެ މަތީން އާމްދަނީ ލިބޭ ތަންތަނަށް ބަލާއިރު ޔޫރަޕިއަން ކޮމިޝަނުން 3.5 ޑޮލަށް ހުރިއިރު ސަޢޫދީ އަރަބިއްޔާގައި 5.25 ޑޮލަރެވެ. އެމެރިކާގައި 4 ޑޮލަރަށެވެ.

ކޮވެކްސްއަކީ 190 ޤައުމު ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ އިއްތިޙާދެކެވެ. އެ އިއްތިހާދުގައި ޤައުމުތަކަށް ވެކްސިން ގަންނަނީ އެންމެން އެއްބައިވެގެންނެވެ. އަދި ބްރެޒިލްގައި ދެވެކްސިނެއް ގެންގުޅެއެވެ. އެއްވެކްސިނަކީ އިންޑިއާއިން އެތެރެކުރާ އެއްޗަކަށްވާއިރު އަނެކައްޗަކީ އެ ޤައުމުގައި އުފައްދާ ވެކްސިނެކެވެ.

މިވަގުތު ވެކްސިން ލިބިގެން ވެކްސިން ޖަހަމުންދާއިރު ބައެއް ޙަޤީޤަތްތައް ހޯދައިގަތުމަކީ ދަތިކަމެކެވެ. މިސާލަކަށް އިންޖެކްޝަން ފުޅިއަކަށް ނުވަތަ ޑޯޒް ޕެކަކަށް އޮންނަ އަގެވެ. ކުންފުނިތަކުން ވެކްސިންގެ އަގު އަދި ބާއްވައިފައި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ނަމަވެސް މިކަން ހާމަކަން ބޮޑު ދެފުށް ފެންނަގޮތަށް ބޭއްވުމަށްޓަކައި ޔުނިސެފުން ވަނީ ޗާރޓެއް އެކުލަވައިލައިފައެވެ. މި ޗާރޓުގައި އޮންނަނީ ޤައުމުތަކާއި ދަރުމަވެރި ގުރޫޕުތަކުން ޑޯޒަކަށް ހޭދަކުރާ މިންވަރެވެ. މިޗާރޓު އެކުލަވައިލައިފައިވަނީ މަދަނީ ޚަބަރު ރިޕޯރޓުތަކުން ބަލައިގެންނެވެ. ދުނިޔޭގެ ޚަބަރުފަތުރާ ބައެއް މީޑިއާތަކުގައި ރިޕޯރޓުތަކާއި ލިޔެކިޔުންތައް އެއްކޮށްފައިވަނީ ތަފާތު ވަސީލަތްތަކުންނެވެ.

ވެކްސިންގެ އަގާއިމެދު ފާހަގަކޮށްލެވޭ ތަފާތެއް އެބަހުއްޓެވެ. ސަބަަބަކީ ބައެއް ވެކްސިން އުފެއްދުމަށް ކުރަންޖެހޭ ޚަރަދު އެހެން ވެކްސިންތަކަށްކުރާ ޚަރަދުތަކަށްވުރެ ބޮޑުވުމެވެ.

ނަމަވެސް ހަމަ އެއްވެކްސިނަކަށް ބަލާއިރު ފާހަގަކޮށްލެވޭ ތަފާތުތަކެއް އޭގެ އަގުތަކުގައި އެބަހުއްޓެވެ. އެކަމަކު އަސްޓްރާޒެނީކާ ވެކްސިން ފާހަގަކުރެވެނީ ދުނިޔޭގައި މިވަގުތު އަތްފޯރާ ފަށުގައިވާ އެންމެ އަގުހެޔޮ ވެކްސިންގެ ގޮތުގައެވެ. ނަމަވެސް މި ކުންފުނިންވެސް ވެކްސިނަކަށް ނަގާ އަޞްލު އަގު އަދި ހާމައެއް ނުކުރެއެވެ. އެކަމަކު ކުންފުނީގެ ސީއީއޯ ޕާސްކަލް ސޯރިއޮޓް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައިވަނީ ވަބާގެ ތެރޭގައި ވެކްސިނުން ނަފާއެއް ނުނަންގަވާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވެކްސިންގެ ތަފާތު އަގުތަކާއި ގުޅޭގޮތުން ރިޕޯރޓުތައް ނެރެން ޖެހިފައިވެއެވެ. އަދި ފަޤީރު ޤައުމުތަކުން މުއްސަނދި ޤައުމުތަކަށްވުރެ މާމަތީ އަގެއް އެއްވެކްސިނަކަށް ޚަރަދުކުރަމުންދާ ޙާލަތު މެދުވެރިވެފައިވެއެވެ. އެހެންވީމާ ކުރީން ދެންނެވުނު އަގުތަކުގައި ޤައުމުތަކުން ވެކްސިންގެ ޑޯޒަކަށްކުރާ ހޭދަ ތަފާތުވެގެން ދަނީއެވެ. އަދި އަގުގެ ތަފާތަކީ އަނާކޮޅަކުން ތަފާތު ފެންނަންހުރި އެއްޗަކަށްވިޔަސް އެ ހޭދަ މިލިއަނުން ގުނަކޮށްފިނަމަ އެތަފާތު ބޮޑުވާނެ މިންވަރު އެއޮތީ އެނގޭށެވެ.

ލިބެންހުރި ތަފާސްހިސާބުތަކަށް ބަލާއިރު އެހެން ބައެއް ވެކްސިންގެ އަގުތައް އަދި މާބޮޑަށް ތަފާތެވެ. ޗައިނާ ސަރުކާރުން އެހީތެރިވެދީގެން ކޮވިޑް ވެކްސިން އުފައްދާ ސައިނޯފާރމް ވެކްސިންގެ ޝޮޓެއްގެ އަގު ސެނެގޯލުގައި 18.50 ޑޮލަރުން 44 ޑޮލަރަށް އަރާއިރު ޗައިނާގެ އެތެރޭގައި 72.50 ޑޮލަރަށް އަރައެވެ. އަދި މި ވެކްސިނަކީ ޗައިނާގެ އެތެރޭގައި ބޭނުންކުރާން ފިޔަވައި އެހެން މައިގަނޑު ތަންފީޒީ އިދާރާއަކުން ހުއްދަ ލިބިފައިނުވާ ވެކްސިނެކެވެ.

ޑޮކްޓާރސް ވިތައުޓް ބޯރޑާރސް އެކްސެސް ކެމްޕެއިންގެ އޮފިޝަލެއް ކަމުގައިވާ މާނުއެލް މާރޓިން ވިދާޅުވީ ކުދި ޤައުމުތަށްވަނީ ވެކްސިން ހޯދުމަށްޓަކައި ބޭސްއުފައްދާ ކުންފުނިތަކާ މަޝްވަރާކުރުމުގައި ވަރަށް ނިކަމެތި ޙާލެއްޖެހިފައި ކަމުގައެވެ. އަދި މިފަދަ ކުދި ޤައުމުތަކަކީ އެގޮތަށް ހޭދަކުރުމުގެ ތަނަވަސްކަމާއި ދޭދޭ އެއްބަސްވުމެއް ޤާއިމްކުރުމުގެ ޤާބިލްކަން ނެތް ޙާލަތެއްގައެވެ. މާރޓިން އިތުރަށް ވިދާޅުވީ އަދި އެފަދަ ޤައުމުތަށް ތަނަވަސްކަމުގައި ވިޔަސް ބޭސްއުފައްދާ ކުންފުނިތަކުން ކުޑަ މިންވަރެއްގެ ޑޯޒްތަކެއް ވިއްކުމުގެ މާބޮޑު ޝައުޤެއް ނޯވެއެވެ. އެއީ އާބާދީ ބޮޑު މުއްސަނދި ޤައުމުތަކަށް ވިއްކާ ނިސްބަތް ބޮޑުވުމުން ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. އަަދި އެފަދަ މުއްސަނދި އާބާދީ ބޮޑު ޤައުމުތަކުގައި ގަތުމުގެ ޤާބިލްކަމާއި ފައިސާގެ ބާރު ގަދަ ކަމުގައެވެ.

ދުނިޔޭގެ ހުރިހާއެންމެނަށް އެއްހަމައެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސްއާއި ގަވީއާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއަރޑްނަސް އިނޮވޭޝަނުން ގެންދަނީ ހަމައަގެއްގައި ދުނިޔެއަށް ވެކްސިން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެއީ ބޭނުން ޖެހިފައިވާ ޤައުމުތަކަށް ހިލޭ ނުވަތަ ހެޔޮ އަގުގައި މިހާރުވެސް ވެކްސިން ފޯރުކޮށްދެމުން ގެންދާ ބައެކެވެ.

ކަންމިހެން އޮތްއިރު ކޮވެކްސްއިންވެސް ވެކްސިން ޑޯޒަކަށްކުރާ ޚަރަދު ނުވަތަ ސީދާ އަގު ހާމައެއް ނުކުރެއެވެ. ވެކްސިން އެލަޔަންސް ގަވީގެ ވެރިއާ ސޭތު ބެކްލީއާއި ރިޕޯރޓަރުންގެ މެދުގައި ކުރެވުނު ފޯންކޯލެއްގައި ވިދާޅުވީ ވެކްސިން އުފައްދާ ފަރާތްތަކާއިމެދު ކުރެވިފައިވާ ދޭދޭ އެއްބަސްވުންތަކަށް ރިއާޔަތްކުރާއިރު އެއީ މުދަލުގެ ވެރިފަރާތުގެ ޙައްޤު އެކުލެވޭ މަޢުލޫމާތުތަކެއް ކަމުގައެވެ. އަދި އެއީ ވެވިފައިވާ ޤާނޫނީ އަދި ވިޔަފާރީގެ އެއްބަސްވުމުގެ ޒާތުން ހާމަކުރެވެން ނެތް އެއްޗެއް ކަމުގައި ކަމާގުޅުންހުރި ފަރާތްތަކުން ރިޕޯރޓުކޮށްފައި ވެއެވެ.

ގަވީއިން ވެކްސިން ފޯރުކޮށްދޭން ފެށުމާއި ގާތަށް ގޮސްފައިވާއިރު އަދި މިހާތަނަށް އެމީހުން އަދި އެންމެ ވެކްސިނެއްވެސް ފޯރުކޯށްދީފައެއް ނުވެއެވެ. މީގެ އިތުރުން ވެކްސިންތަކުގެ ކްލިނިކަލް ޓްރައިލް ތަކުގައި އެހީތެރިވެދިން މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތައްވެސް ވަނީ އެހީތެރިވެދިން ކުންފުނިތަކާއި އެކު މަޝްވަރާކުރުމަށް ނުކުޅަދާނަ ހާލަތެއްގައެވެ. އެގޮތުން އާރޖެންޓީނާއަކީ ފައިޒަރގެ އެންމެ ބޮޑު 3 ޓްރައިލްގައި ބައިވެރިވި ޤައުމަށްވީނަމަވެސް އެ ޤައުމުވަނީ ފައިޒަރގެ މި ކާމިޔާބު ވެކްސިންގަތުމުގެ އެއްބަސްވުމަކާ ހިސާބަށް ނާދެވިފައެވެ.

ޕޭރޫއިންވަނީ ސައިނޯފާރމްގެ ޓްރައިލްތަކުގައި ބައިވެރިވެދީފައެވެ. ނަމަވެސް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ބޭފުޅުން ވިދާޅުވީ ވެކްސިންގެ ތަޖުރިބާގެ މަރުޙަލާ ނިންމައިލުމަށްފަހު ސައިނޯފާރމްގެ ވެކްސިން ގަންނަމުންދާއިރު ޑިސްކައުންޓެއްވެސް ނުދިންކަމުގައެވެ.

ޑޮކްޓާރސް ވިތައުޓް ބޯރޑާރސްގެ މާރޓިން ވިދާޅުވީ އެއްގޮތަކުން ބަލާއިރު މި ވެކްސިންތައް ތަރައްޤީކޮށް ކާމިޔާބު އެއްޗަކަަށް ހަދައިދިނުމަށްޓަކައި ފުރާނަޔާ ކުޅެލި މީހުން އެބަތިބި ކަމުގައެވެ. ދެން އެއަށްފަހު އެމީހުނަށް ވެކްސިންގެ ބޭނުން ޖެހުނުއިރު އެމީހުނަށް ވެކްސިން ލިބުމުގައި އިންތިހާއަށް ވޭން އުފުލަން ޖެހިފައިވާ ކަމުގައެވެ. އަދި އަގަކީ އެއްސަބަބު ކަމަށާ އެހެން ނަމަވެސް އެހެނިހެން ސަބަބު ތަކުގެ ތެރޭގައި އެމީހުނާ ހިސާބަސް ވެކްސިން ފޯރާނެތޯ ސުވާލު އުފެދޭ ކަމުގައެވެ.

އޭނާ ވިދާޅުވީ އިމްތިޔާޒީ ވެކްސިންގެ ގޮތުގައި މިހާރު ކަންކަން ވަމުން އަންނަ ކަމުގައެވެ. އެގޮތުން ވެކްސިންގެ އިމްތިޔާޒު ބޮޑުވެ މުއްސަނދި ޤައުމުތަކަށް ފުރަތަމަ ވެކްސިންވެސް ލިބެމުންދާއިރު އެންމެ ރަނގަޅަށް ދިފާޢުކޮށްދޭ ވެކްސިންވެސް ލިބެނީ އެމީހުންނަށް ކަމުގައެވެ.

ކޮވިޑް-19 ގެ ވޭރިއަންޓްތައް ފެތުރެމުންދާއިރު ދުނިޔޭގެ ވެކްސިންގެ ހަހަމަކަން ގެއްލި އެކަން ގޯހުން ގޯހަށް ދިއުމުގެ ބިރު އޮތް ކަަމަށް މާރޓިން ދެކިވަޑައިގަންނަވައެވެ.

އޭނާ އިތުރަށް ވިދާޅުވީ ބައެއް ވެކްސިންތައް ފޫއަޅުވައިލާ އެއްޗަކަށް އަލަށް އުފެދޭ ވޭރިއެންޓެއް ވެދާނެ ކަމުގައެވެ. އަދި އެހިސާބުން މުއްސަނދި ޤައުމަތަކުން އެ ވެކްސިނެއް ބޭނުމެއް ނުވާނެ ކަމަށާއި އެހިސާބުން ނޫނީ އެ ވެކްސިން އެހެން ބަޔަކަށްވެސް ލިބިގެން ނުދާނެކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންވީމާ ފަހަރެއްގައި މިއީ އަދި އިހުނަށްވުރެވެސް ބޮޑު ތަފާތު ނަހަމަ ކަމެއް ބޭހުގެ ފެންވަރުގައި ނުވަތަ އެކަށީގެންވާ މިންވަރަށް ލިބުމުގައިވެސް ނިކުމެދާނެ ކަންކަން ކަމުގައެވެ. އަދި މުއްސަނދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި ވެކްސިންގެ ކާމިޔާބާއި ދެމެދު ހަމަހަމަ ކަމުގެ ތަފާތުވެސް އޮވެދާނެ ކަމެއް ކަމުގައެވެ.

ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ބޮޑުވަޒީރު ރައުލީ ވިދާޅުވީ މިއީ މިކަން އޮންނަންވާނެގޮތް ނޫން ކަމުގައެވެ.

ރައުލީ ވިދާޅުވީ ތާރީޚު ތަޣައްޔަރުކުރަނީ ގެއްލުންދެނިވި ޢަމަލުތަކާއި އިޙުތިރާމެއްނެތި ގަދަވެގަތުމާއި ހަމަހަމަކަން ގެއްލުމާއި އެނޫންވެސް އިންސާނުންނަށް އޮންނަ އިންސާނިއްޔަތުކަން ގެއްލި ދިއުމުން ކަމުގައެވެ.

ނަމަވެސް މި ޢާދަ ފޫވައްޓައިލައިފަނިވި ޙާލަތުގައި ލޮލަށް ނުފެންނަ ފަނާކުރަނިވި ޙާލަތެއްގައި އިންސާނުން ބަނދެވިފައި ވަނިކޮށްވެސް އުއްމީދަކީ ނުވަތަ އިލްތިޖާއަކީ މި ތަޖުރިބާގެ ފަތްފުށްތައް ލިޔެވުން ކަމުގައި ރައުލީ ދެކިވަޑައިގަންނަވައެވެ. އެއީ ޙައްޤުތަކަކުން މަޙުރޫމްނުވެ މި ޙާލަތު ލިޔެވިގެންދާނެ ސަބަބު ކަމަށާއި މުއްސަނދީން ފަޤީރުންނަށް އަޅައިލިކަންވެސް ފާހަގވެގެންދާނެކަމެއް ކަމުގައެވެ. އަދި އެއްޗެއްގެ މިލްކުވެރިކަން އެބައެއްގެ އަތުގައި އޮތުމުގެ ސަބަބުން ނިކަމެތި ދެރަބަޔަކަށް އިތުރު ދެރަކަމެއް ކުރިމަތިވެގެން ނުދިޔަކަންވެސް އެނގެން އޮންނާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ގޮވައިލައްވައިަފއިވަނީ ދުނިޔޭގެ ވެކްސިން ބެހުމުގައި ޙިއްޞާކޮށްދިނުމާއި އަޅައިލުން އޮންނަ ނަމޫނާއެއްގެ ބިންގަލުގައި ވެކްސިން ފޯރުކޮށްދިނުމަށެވެ. އަދި ހަމަހަމަ ގޮތުގައި އޭނާގެ ޤައުމުފަދަ ކުދި ޤައުމުތަކަށްވެސް ހަމައެކަނި އެހީއެއްގެ ބަދަލުގައި އިންސާނިއްޔަތުގެ ފައިދާ އެންމެ ހެޔޮގޮތުގައި އެންމެނަށް އުފާވެރިކަން ލިބޭނޭ ގޮތުގެމަތީން އެ ނަމޫނާ ބޭއްވުމަށް ކަމަށް ވިދާޅުވިއެވެ.