އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް ކެނޑިޑޭޓުން ސަސްޕެންޑް ކުރުމާއި ނުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ އިހްތިޔާރުގައި އޮތް ކަމެއް ނޫންކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސްގެ ކެނޑިޑޭޓުން ސަސްޕެންޑެއް ނުވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް ކެނޑިޑޭޓުން ސަސްޕެންޑް ކުރުމާއި ނުކުރުމަކީ ކޮމިޝަންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ކެނޑިޑޭޓުން ސަސްޕެންޑް ވަނީ ގާނޫނުގައި އެގޮތަށް ވާތީ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް ކެނޑިޑޭޓުން ސަސްޕެންޑް ކުރުމާއި ނުކުރުމަކީ ކޮމިޝަންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށް ބުނާއިރު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުން ދެފަހަރަށް ސަސަޕެންޑް ކުރުމަކީ ނުހައްގުން ދެވޭ ބޮޑު އަނިޔާއެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ވަނީ ވިދާޅުވެފައެވެ.

އަދި 2020 ގައި ސަސްޕެންޑް ކޮށް އުނިކުރިފައިސާ އަނބުރާ އިޔާދަކޮށްދިނުމަށްވެސް ޝުޖާޢު ވަނީ އެދިވަޑައިގެންފައެވެ.