ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް އެހެން ޤައުމުތަކަށް ފޮނުވުމުގެ ކުރީން އެންމެ ފުރަތަމަ އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންގައިފިއެވެ.

މި ފިޔަވަޅުވެގެންދާނީ ފަރުދޭސީ ސަރުކާރުތަކުން އޯޑަރު ކޮށްފައިވާ ވެކްސިން ލިބުމުގައި ލަސްތަކެއް ދިމާވާނެ ކަމަކަށެވެ. ސަބަަބކީ އެހެން ބަޔަކަށްވުރެ ކުރީން އެންމެ ފުރަތަމަ އިންޑިއާގައި ވެކްސިން ޖަހަން ބޭނުންވެފައި ތިބި މީހުނަށް ވެކްސިން ފޯރުކޮށްދޭން އަންގައިފައިވާތީއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އާދަރު ޕޫނާވާލާ ވަނީ މިކަމާގުޅޭގޮތުން ޓްވީޓެއް ކުރައްވައިފައެވެ.

ލޯބިވާ ޤައުމުތަކާއި ސަރުކާރުތަކަށް އިޙުތިރާމާއި އެކު ދަންނަވަމެވެ. ތިޔަބޭފުޅުން #ކޮވިޝީލްޑު ލިބިވަޑައިގަންނަވާނެކަމަށް އިންތިޒާރުކުރައްވަމުން ގެންދަވާއިރު ކެތްތެރިވެ ވަޑައިގެން ތިއްބެވުމަށް ދަންނަވަމެވެ."

އޭނާ ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އަށް އެންގިފައިވަނީ އިންޑިއާއަށް އިންތިހާއަށް ބޭނުންވެފައި އޮތް ކަމަށް އިސްކަންދިނުމަށެވެ. އަދި އެފަދައިން ދުނިޔޭގެ އެހެން ހިސާބުތަކަށް އެކަން ހަމަހަމަކޮށްދެވޭތޯ ބަލަމުން ގެންދާ ކަމުގައެވެ.

ބައިނަލްއަޤުއުވާމީ މީޑިއާތަކުން ޕޫނާވާލާގެ ބަޔާނާއިގުޅޭ އިތުރު ތަފްޞީލެއް ހޯދުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. އަދި އެ އަމުރެއް ސީރަމް އިންސްޓިޓިއުޓަށް ލިބިފައިވަނީ ކިހާ ހިސާބަކުން ކާކުކަމެއް އޭނާ ހާމަކުރައްވައިފައެނުވެއެވެ.

ސީރަމް އިންސްޓިޓިއުޓުން އުފައްދަމުން ގެންދަނީ އިނގިރޭސި ވިލާތާއި ސްވިޑްންގެ ބޭސްއުފައްދާ އެންމެ ބޮދު ކުންފުނި އަސްޓްރާ ޒެނީކާއާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ކޮވިޝީލްޑެވެ.

މި ވެކްސިނަކީ އިންޑިއާގައި ބޭނުންކުރުމަށް އިމަރޖެންސީ ހުއްދަދީފައިވާ ދެވެކްސިނުން އެއްވެކްސިނެވެ. އިންޑިއާއިން ކަނޑައަޅައިފައިވަނީ ފުރަތަމަ ފިޔަވަހީގައި 300 މިލިއަން މީހުނަށް މިވެކްސިން ދިނުމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ފުރަތަމަ ސަފުގައި މަސައްކަތްކުރާ މީހުނާއި ޢުމުރުން 50 އަހަރުންމަތީގެ މީހުނާއި ޞިއްޙީ ބޮޑެތި ނުރައްކާތަކުގައި ތިބޭ މީހުންނަށެވެ.

އިމަރޖެންސީ ހުއްދަ ދީފައިވާ އަނެއް ވެކްސިނަކީ އިންޑިއާގެ ބާރަތު ބަޔޯޓެކުންނެވެ. އަދި އެ ވެކްސިން އުފައްދާފައިވަނީ އިންޑިއާ ސަރުކާރުގެ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާރޗާއި ގުޅިގެންނެވެ. އަދި މިވެކްސިން ދިނުމަށް ހުއްދަދީފައިވަނީ ކްލިނިކަލް ޓެސްޓުތަކުގެ މަރުޙަލާއަށް އެކަންޏެވެ.

މިއަހަރުގެ ޖެނުއަރީމަހު އިންޑިއާއިން ކޮވިޑް ވެކްސިން ދޭން ފެށިފަހުން މިމަހުގެ 20 ވަނަ ދުވަހާއި ހިސާބަށް 10.8 މިލިއަން މީހުނަށް ވެކްސިން ދީފައިވާ ކަމަށް ސަރުކާރުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ދުވާލަކަށް ވެކްސިންދޭ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ކޮވިޝީލްޑަކީ އިމަރޖެންސީގައި ބޭނުން ކުރުމަށް ޑަބްލިޔުއެޗްއޯއިންވެސް މިމަހު ހުއްދަދީފައިވާ ވެކްސިނެކެވެ. އެ ހުއްދައާއިއެކު ކޮވިޝީލްޑް ވެކްސިން މަދު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ފޮނުވުމަށް ފުރުޞަތު ލިބިފައިވެއެވެ.

އަސްޓްރާ ޒެނީކާއިން ބުނެފައިވަނީ ކޮވެކްސް މެދުވެރިކޮށް މިއަހަރުގެ މެދާއި ހަމައަށް ދުނިޔޭގެ 145 ޤައުމަކަށް 300 މިލިލއަން ޑޯޒް ފޯރުކޮށްދެވޭތނެކަމަށް އުއްމީދުކުރާކަމުގައެވެ.

ކޮވެކްސްއަކީ ޑަބްލިޔުއެޗްއޯގެ އިސްނެގުމާއި އެކު އެހެން ބައެއް ދަރުމަ ޖަމާއަތްތައްވެސް ގުޅިގެން މުޅި ދުނިޔެއަށް މިވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ޕްރޮގްރާމެކެވެ.

ކޮވިޝީލްޑަކީ މިހާރު ބޭނުން ކުރެވެމުންދާ ކޮވިޑް ވެކްސިންތަކާއި އަޅައިބަލާއިރު ވަރަށް އަގުހެޔޮ ވެކްސިނެކެވެ. އެގޮތުން ފައިޒަރ ބަޔޯއެންޓެކާއި މޮޑާރނާއަށްވުރެ އަގުހެޔޮވެފައި ރައްކާކުރަންވެސް ފަސޭހަ ވެކްސިނެއްވެސް މެއެވެ. ކޮވިޝީލްޑަކީ ގަނޑުވާވަރަށްވުރެވެސް މަތީ ފިންޏެއްގައި ރައްކާކުރަންޖެހޭ އެއްޗަކަށްނުވާތީ މި ވެކްސިނަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި އެފަދަ ތަކެތި ގުދަންވެސް ކުރެވޭނެ އަސާސީ ޤާބިލްކަން ނެތް ޤައުމުތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ އެއްޗެކެވެ.

މިހާރު ހުޅަނގުގެ ޤައުމުތަކުގައިވެސް ކޮވިޝީލްޑަށް ބޭނުންވާ ނިސްބަތްދަނީ ބޮޑުވަމުންނެވެ.

ޕޫނާވާލާ ޓްވިޓަރގައި ކުރައްވައިފައިވާ އެހެން ޓްވީޓެއްގައިވިދާޅުވެފައިވަނީ ޗޮވިޝީލްޑް މިވަގުތު އިންތިޒާރުކުރަމުންދަނީ ކެނެޑާގެ ކަމާބެހޭ އިދާރާއިން ހުއްދަ ލިބޭނެ ވަގުތަކަށް ކަމުގައެވެ. އަދި އެ ހުއްދަ ލިބުމާއި އެކު ސީރަމް އިންސްޓިޓިއުޓުން މަހަކަސްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި #ކޮވިޝީލްޑް ކެނެޑާއަށް އުދުއްސައިލާނެ ކަމުގައެވެ.

އަނެއްކޮޅުން ރޮއިޓާރސްއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ކަމާބެހޭ އިދާރާއިންވެސް ގެންދަނީ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާ ގޮތްތަކުގެ އޯޑިޓެއް ހަދަމުންނެވެ. މިއީ އިނގިރޭސި ވިލާތާއި އެހެން ގައުމުތަކަށްވެސް ކޮވިޝީލްޑް ވެކްސިން ފޯރުކޮށދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ކޮވިޑް-19އާއި ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޝީލްޑަކީ އިނގިރޭސި ވިލާތުން ފެނުނު ނޮވިޑް ފަސޭހައިން ގައިންގަޔަށްއަރާ ބާރުގަދަ ކޮރޯނާ ވައިރަހާ ދެކޮޅަށް ކާމިޔާބު އެއްޗެކެވެ. ހަމަ އެފަދައިން ސީރަމް އިންސްޓިޓިއުޓް އޮފް އިންދިއާއިންވަނީ އެމެރިކާގެ ބޭސްއުފައްދާ ނޯވާވެކްސް އާއި އެކު އެއްބަސްވުމެއް ޤާއިމްކޮށް އެވެކްސިނަށް ހުއްދަލިބޭ ހިސާބުން 1 ބިލިއަން ޑޯޒް މިއަހަރު އެމެރިކާއަށް ދިނުމަށް ހަމަޖެހިފައެވެ.

ކޮވިޑް ވެކްސިނަކީ މިހާރު އިންޑިއާއި ޗައިނާ އަދި ރަޝިއާ ފަދަ ޤައުމުތަކުން ބައިނަލްއަޤުވާމީ ބުރުޖުގެ އެންމެ މައްޗަށް އަރަން މަސައްކަތްކުރާއިރު ޤައުމުތަކާއި ފުނުން ގުޅުންތައް ޤާއިމްކޮށްދޭ މަންޒިލަކަށްވެފައެވެ.