ޖަރުމަނުވިލާތުގައި ހުންނަ ލެޕްޒިގް ޔުނިވާސިޓީގައި ބާއްވަން ހަމަޖެހިފައިވާ ބާސްކެޓްބޯލް ކޯޗިންގް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލެޕްޒިގް ޔުނިވާސިޓީގައި 30 އޮގަސްޓުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި އެ އެސޯސިއޭޝަންގެ ފަރާތުން ކޯޗަކު ބައިވެރި ކުރުމަށް ފުރުސަތު ލިބިފައިވާކަމަށެވެ.

މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރާއި ކޯހަށްއެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އެސޯސިއޭޝަންގެ އީ-މެއިލް ([email protected] ) އަށް ފޮނުވުމަށް މިއިއުލާނުގައި ބުނެފައިވެއެވެ.

އަދި މިކޯހަށް ބައިވެރިން ހޮވުމުގައި މީގެކުރިން އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމްބީއޭ އިން ވަނީ ބުނެފައެވެ. ކޯހާއިބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެސޯސިއޭޝަންގެ ނަމްބަރު 3314024 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށްވެސް އެ އެސޯސިއޭޝަން އިން ބުނެފައިވެއެވެ.