ހިޔާ ފްލެޓްތަކަކީ މާލޭ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ހިޔާ މަޝްރޫޢު ދަށުން ދޭން ނިންމި އެއް ކޮޓަރީގެ ފްލެޓްތަކަށް ހެދިގޮތެއް ހާމަކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
މީކާއިލް ވިދާޅުވީ ހިޔާ ފްލެޓްތަކަކީ މާލޭ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި ހިޔާ ފްލެޓްތަކަކީ ޖަވާހިރަށް ހަދަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެތައް އަހަރެއް ވަންދެން ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް އެ ހިޔާ ފްލެޓުތައްވެސް ވާނީ ބޮޑު އެއްޗަކަށް ކަމަށާއި އެފަދަ މީހުން ހިޔާ ފްލެޓްތައް ނުލިބިގެން އުޅޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ޕީޕީއެމުން ހިޔާ ފްލެޓްތަކަކީ ޖަވާހިރަށް ހަދަން ނޫޅުމަށް ގޮވާލާ މެމްބަރު ވަނީ ބޯހިޔާވަހިކަން ނުލިބިތިބި މާލޭ މީހުންގެ އިހުސާސްތަކުގެ ބޭނުން ނަހަމަގޮތުގައި ކުރީ ސަރުކާރުން ހިފިކަމުގެ ތުހުމަތުތަކެއް ކުރައްވާފައެވެ.
ފްލެޓް ލިސްޓަށް އަދިވެސް އާންމުންގެ ފަރާތުން ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މާލޭގައި ދިރިނޫޅޭ ގިނަ ބަޔަކަށް ފްލެޓް ދީފައިވާ އުސޫލު ބަލަންޖެހޭ ކަމަށެވެ.
މީ މާ ކަންކަން ދަންނަ މީހެއް ދޯ.