ކުޅިވަރު ކުޅޭ ފަރާތްތަކާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރާ ފަރާތްތަކުގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ގާމިން ބްރޭންޑްގެ ގަޑި ޕާމް ޓްރީ މެރިންގެ ފަރާތުން ރާއްޖެއަށް ތައާރަފްކޮށް، ބްރޭންޑް އެމްބަސަޑަރެއް ހަމަޖައްސާ ރާއްޖޭގައި މި ބްރޭންޑްގެ ޑިސްޓްރިބިއުޓަރުންގެ ގޮތުގައި ދެ ފަރާތެއް ހަމަޖައްސައިފިއެވެ.
އެގޮތުން ސިއްހަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް މޮނީޓަރ ކުރާނެ ފީޗާސްތަކެއް އެކުލެވޭ މި ގަޑީގެ ރާއްޖޭގެ ބްރޭންޑް އެމްބަސަޑަރަކަށް ހަމަޖައްސާފައިވަނީ އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަދި ސިއްޙީ އެކެއެކި ކަންތައްތަކުގައި އިސްނަގާ ޝަހުސިއްޔަތެއް ކަމުގައިވާ އަހްމަދު އައްފާލް އެވެ. އަދު އައްފާލް އަކީ ހޮބިއިސްޓް ދުވުންތެރިއެއް އަދި މީސްމީޑިއާގައިވެސް ވަރަށް ހަރަކާތްތެރި ފަރާތެކެވެ. މިގަޑީގެ އެމްބަސަޑަރެއްގެ ގޮތުގައި އައްފާލް ހަމަޖައްސާ ސޮއެކުރީ މިއަދު ހެނދުނު މިކަމަށްޓަކައި ލެމަންގްރާސް ސިޓްރޯންގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
އެ އެއްބަސްވުމުގައި ގަޑި ތައާރަފްކުރި ޕާމް ޓްރީ މެރިންގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އާތިފް އެވެ.
މި ރަސްމިއްޔާތަށްފަހު ވީނިއުސް އާއި ވާހަކަދައްކަމުން އައްފާލް ވިދާޅުވީ މިގަޑިއަކީ ލައިފްސްޓައިލް ގަޑިއެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ ގަޑިއެއް ކަމަށާއި ގަޑީގައި ސިއްހީ ގިނަ ކަންތައްތަކެއް މޮނިޓަރކޮށް ފޯނު މެދުވެރިކޮށް އެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަމެއް ދިމާވެގެން މި ޑީޓެއިލްސް ބަލާލަން ޖެހުނު ކަމުގައިވީނަމަވެސް ފަސޭހަކަމާއިއެކު ފެންނަން ހުރުން އެއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެކަމަށްވެސް އައްފާލް ވިދާޅުވިއެވެ.
މީގެއިތުރުން އައްފާލް ވިދާޅުވީ އަލަށް ކަސްރަތުކުރަންފަށާ ފަރާތަކަށްވިޔަސް ނުވަތަ އައު ކަސްރަތެއް ކުރަންފަށާނަމަވެސް، މިގަޑި ބޭނުންކޮށްގެން އެކަސްރަތަކުން ނުވަތަ އަލަށް ކަސްރަތުކުރަން ފަށައިގެން ވަކި މުއްދަތެއްގައި ހަށިގަނޑަށް އައި ބަދަލު ބަލާލެވުން ވެގެންދާނީ އަމާޒަކާއި އެކު ކަސްރަތުކުރަން ފަށާ ފަރާތަކަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މާކެޓުގައި މިހާރުވެސް ފިޓްނަސް ގަޑިތައް ލިބެންހުރިއިރު އެގަޑިތަކާއި އަޅާބަލާއިރު ގާމިންގަޑި ތަފާތުވަނީ އެހެންގަޑިތަކަށްވުރެ މިބްރޭންޑުގެ ގަޑިތަކުގައި ތަފާތު ގިނަ ފީޗާސްތަކެއް ހުރުމުގެ އިތުރުން އެމީހަކު ބޭނުންވާ ގޮތަކަށް އެމީހެއްގެ ޕާސަނަލް ޕްރިފަރެންސް އަށް މިގަޑީގެ ކަންކަން އަދި ފީޗާސް ކަސްޓަމައިޒް ކުރެވުންކަން އާންމު ދިރިއުޅުމުގައިވެސް ގަވައިދުން ކަސްރަތުކޮށް ދުވާ ފަރާތެއްކަމުގައިވާ އައްފާލް ވިދާޅުވިއެވެ.
މިހާރު ދުނިޔޭގައި ކުޅިވަރުގެ މައިދާނުގައި އެންމެ މަޝްހޫރުކަން ލިބިފައިވާ އެއްގަޑީގެ ގޮތުގައި ބެލެވޭ އަދި ޒުވާނުންގެ މެދުގައިވެސް "ޓްރެންޑް" އަކަށް ވަމުން އަންނަ މިގަޑިއަކީ ވަރުގަދަ، ބެޓްރީ ލައިފް އަދި ބަލާލަންވެސް ރީތި ގަޑިއެކެވެ. މިގަޑިއަކީ އެއްފަހަރު ޗާޖުކޮށްލައިގެން ފަންކްޝަންތައް ބޭނުންކޮށް ޖީޕީއެސް އޮން ކޮށްފައި ބެހެއްޓިނަމަވެސް 7-3 ދުވަހާއި ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ގަޑިއެކެވެ. އަދި އާންމު ދިރިއުޅުމުގައި 27 ދުވަހުގެ މުއްދަތަކަށް މިގަޑީގެ ޗާޖު ހިފަހައްޓާކަންވެސް ފާހަގަކޮށްލެވެއެވެ.
ގާމިން ގަޑިން ބަލާލެވޭނެ ބައެއް މައުލޫމާތު:
މީހާގެ ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު- އެކިއެކި ހަރަކާތްތަކާއި ގުޅިގެން ނުވަތަ ސިއްޙީ މައްސަލަތަކާއި ހެދި ނަމަވެސް މީހެއްގެ ހިށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރަށް އަންނަ ބަދަލުތައް ދެނެގަނެ، ނުރައްކާތެރި މިންވަރަކަށް އޮކްސިޖަން ލެވެލް ވެއްޓޭނަމަ އެކަން އެންގުމާއި ސެޓް ކުރެވިފައިވާ ނަމްބަރަކަށް މެސެޖްގެ ޒަރިއްޔާއިން އެންގުން.
ނޭވާލާ ރޭޓް އަދި ވިންދު ހުރިވަރު- އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި އުޅޭއިރު މީހާގެ ނެވާލާ ރޭޓާއި ވިންދު ޖެހެމުން އަންނަ ބަދަލުތައް ދެނެގަނެ އެދައްކުވައިދިނުމުގެ އިތުރުން އެމީހެއްގެ ނޭވާލާ ރޭޓު އަދި ވިންދު ނުރައްކާތެރި ލެވެލްއަކަސް ދާނަމަ އެކަމުގެ އިންޒާރުދީ ސެޓް ކުރެވިފައިވާ ނަމްބަރަކަށް މެސެޖްގެ ޒަރިއްޔާއިން އެންގުން.
ނިދުން މޮނީޓަރ ކުރުން- ކޮންމެ ދުވަހަކުވެސް އެމީހަކަށް ލިބޭ ނިދީގެ މިންވަރާއި، އެމީހަކު ގަދަ ނިދި ނުވަތަ "ޑީޕް ސްލީޕް" ގައި ހޭދަކުރާ މިންވަރާއި މަޑު ނިދީގައި ހޭދަވާ މިންވަރުގެ އިތުރުން ނިދީގައި ހަރަކާތްތެރިވާ މިންވަރު މޮނިޓަރ ކުރުން.
ފިޓްނަސް ދެނެގަތުން- ދުވުމާއި، ހިނގުމާއި ފެތުން އަދި ޖިމް ނުވަތަ އެހެންތާކުވެސް ކުރެވޭ ކަސްރަތު އަމިއްލައަށް ދެނެގަތުމާއި އެކުރާ ހަރަކާތާއި ގުޅިގެން އެވަގުތަކު އެމީހެއްގެ ފިޓްނަސް ހުރި މިންވަރުގެ ތަފްސީލް އަދި ގަޑި ބޭނުންކުރި މުއްދަތުގައި އެމީހެއްގެ ފިޓްނަސް ލެވެލް ދައްކައި އެމީހަކު އިތުރަށް ހަރަކާތްތައް ކުރިއަސް ގެންދާނެ ގޮތުގެ މައުލޫމާތު ދިނުން.
ގާމިން ބްރޭންޑްގެ ގަޑީގެ އެމްބެސަޑަރަކު ހަމަޖެއްސުމުގެ އިތުރުން މިގަޑި ޑިސްޓްރިބިއުޓް ކުރާނެ ޑީލަރެއްގެ ގޮތުގައި ކްލިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާ އެފަރާތާއިއެކު މި ހަފްލާގައި ވަނީ ސޮއެކޮށްފައެވެ. ކްލިކް ކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ މުހައްމަދު ޒާހިރު އެވެ.
މީގެއިތުރުން ގާމިން މެރިން އުފެއްދުންތަކުގެ ރާއްޖޭގެ އޯއީއެމް ޑިސްޓްރިބިއުޓަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައި އެ ކުންފުންޏާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ. އަލްޝާލީ މެރިންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކޮށްފައިވަނީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.
އަލް ޝާލީ މެރިން މޯލްޑިވްސްއިން ގާމިން އޯއީއެމް ޑިސްޓްރިބިއުޓާ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެކުންފުނިން އިންސްޓޯލްކޮށް ވިއްކާ ގާމިން ޖީޕީއެސް އަދި ރާޑަރުތަކަށް ވޮރެންޓީ ލިބޭނެ އެވެ. އަދި އެކުންފުނިން އޮޑީ ދޯނި ފަހަރުގައި އަޅުވާ ޖީޕީއެސް އަދި ރާޑަރުތައް ވެސް ހާއްސަ ހެޔޮ އަގުތަކުގައި ލިބޭނެ އެވެ.
އަލްޝާލީ މެރިން އަކީ ރާއްޖޭގައި ކަނޑު އުޅަނދު ބަނުމާއި އުޅަނދުތައް ސާވިސް ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. ގާމިން ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަަރަކީވެސް ޕާމް ޓްރީ މެރިން އެވެ.
ކޮލެޓީ ރަނގަޅު ގާމިން ބްރޭންޑުގެ ދެ ގެޖެޓެއް ރާއްޖެއަށް ގެނެސްދިން ޕާމް ޓްރީ މެރިން އަކީ 1997 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރ ކުރެވިގެން ހިންގަމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެކުންފުނިން މިދާއިރާގައި 20 އަހަރަށްވުރެ ގިނަ މުއްދަތެއްގެ ތަޖުރިބާހޯދާފައިވާއިރު މިއީ މެރިން، އިންޑަސްޓްރިއަލް އަދި ޕަވަރ ޖެނެރޭޝަން ސެކްޓަރުގައި ރާއްޖޭގެ ލީޑިންގް ކުންފުންޏެވެ.