ހުޅުމާލެެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު މީހާގެ މަރާގުޅިގެން ތުހުމަތު ކުރެވޭ އެއްވެސްކަމެއް އަދި ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓަކުން މަރުވެފައި އޮތް މީހަކު ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:31 ގައި ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި، އެއީ އުމުރުން 40 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެމީހާގެ މަރާގުޅިގެން މިހާތަނަށް ބެލި ބެލުމުގައި އެއްވެސް އާދަޔާ ހިލާފުކަމެއް ނުވަތަ އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.