ހދ. ހަނިމާދޫގައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މަރުވި މީހާގެ ހަށިގަނޑު ތަހުގީގަށް މާލެއަށް ގެންނައުމުގެ މަަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެން) ގެ ބެލުމުގެދަށުން ހިންގާ، ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ހުރި މީހަކު މަރުވެފައިވަނީ މިއަދު ހެނދުނުއެވެ.
މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ، މިމަހު 23 ގައި ޑިޓޮކްސް ސެންޓަރަށް ގެންދިޔަ މީހެކެވެ. އޭނަ މަރުވެފައިވަނީ ފަރުވާއަށް އެ ސެންޓަރަށް ގޮސް ކަރަންޓީންގައި ހުއްޓައެވެެ.
އޭނަގެ މަރުގެ ތަހުގީގަށް އެރަށުގެ ޑިޓޮކްސް ސެންޓަރަށް ފުލުހުންގެ ޓީމެއް ދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، އެމީހާގެ މަރާ ގުޅިގެން ހަދަންޖެހޭ ތަހުލީލުތައް ހަދައި ބަލަންޖެހޭ ބެލުންތައް ބެލުމަށް އޭނަގެ ހަށިގަނޑު މާޅެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.