އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 2.34 ރުފިޔަ ބަހަން ފާސްކޮށްފިއެވެ.

އެކުންފުނިން މިގޮތަށް ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި ރޭއެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އަހަރީ އާންމު ޖަލްސާގައި އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 އިންސައްތަ ބަހަން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 އިންސައް ދަށް އަދަދެކެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓު ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އުރީދޫން މިއަހަރު އޮޑިޓް ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާސްއެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 އިންސައްތަ ހިއްސާއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ. 5.64 އިންސައްތަ ހިއްސާއަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިއްސާއެވެ. މީގެއިތުރުން 3.86 އިންސައްތަ ހިއްސާއަކީ އާންމުންގެ ހިއްސާއެވެ.