ނ. މާފަރުގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 3،814،219.20 (ތިން މިލިއަން އަށް ލައްކަ ސާދަ ހާސް ދުވިސައްތަ ނަވާރަ ރުފިޔާ ވިހިލާރި) އަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަޒްމީލްއެވެ. އަދި މައިނާ ސްޕޯޓްސް ފީލްޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝައުޔާއެވެ.

ޓާފް އެޅުމަށް މައިނާ ސްޕޯޓްސް ފީލްޑާއި ހަވާލުކުރިއިރު މިދަނޑުގެ ސަބް-ބޭސްގެ މަސައްކަތް ނިންމާލާފައިވަނީ ނިމުނު ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މާފަރު ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތްކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މަސައްކަތް ހަވާލުކުރާތާ ކޮންޓްރެކްޓުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ފަށައި މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ 55 ވަނަ ދުވަހުގެ ތެރޭގަ- ފޮޓޯ:- ޔޫތް މިނިސްޓްރީ

އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ގިނަ ކަންތައްތަކަކަށް ހުރަސްތަކެއް ކުރިމަތިވެ ބައެއް މަސައްކަތްތައް މުޅިންހެން ހުއްޓުންއިރު، މި މަސައްކަތްވެސް މިވަނީ ވަރަށް ބޮޑުތަނުން ލަސްވެފައެވެ. މާފަރު ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 1،711،305.26 (އެއް މިލިއަން ހަތްލައްކަ އެގާރަހާސް ތިންސަތޭކަ ފަސް ރުފިޔާ ސައްބީސް ލާރި) އަށެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މާލެ ފިޔަވާ އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކެއް އެޅުމަށް ނިންމާފައިވާއިރު މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ކޮންޓްރެކްޓް އުސޫލުން ވަނީ ހަވާލް ކޮށްފައެވެ. އަދި 8 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 57 ފުޓްސަލް ދަނޑާއި 104 ކުޑަކުދިންގެ ޕާކުވެސް ވަނީ ގާއިމްކޮށްފައެވެ.