ރާއްޖޭގެ ޒުވާނުން ވަޒީފާގެ މާހައުލަށް ނުކުންނަންވާއިރަށް އެކަމަށް ޒުވާނުން ތައްޔާރުކޮށް ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެން ކޮމިއުނިޓީ އެމްޕަވާމަންޓް އިން ފެށި ވޯކްޝޮޕުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިލޭ ބައިވެރިވެވޭ މި ވޯކްޝޮޕަކީ ވަޒީފާއެއް ހޯދުމަށް ނުވަތަ ވަޒީފާއަކަށް ކުރިމަތިލައިގެން އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގޭ ވޯކްޝޮޕެކެވެ. ވާޗުއަލްކޮށް ހިންގޭ މި ޕްރޮގްރާމުގެ ކްލާސްތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ވޯކްޝޮޕުގައި މައިގަނޑު ހަތަރު ކަމަކަށް ފޯކަސްކޮށްގެން ބައިވެރިން ތަމްރީނުކުރާއިރު އޭގެތެރޭގައި މާލީ އުނގެނުމާއި، ކެރިއަރު ޕްލޭންކުރަން ދަސްކޮށްދިނުމުގެ އިތުރުން ލީޑަޝިޕް އަދި މަސައްކަތަުގެ އަހްލާގު ދަސްކޮށްދިނުން ހިމެނެއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާން. ޕްރޮގްރާމުގައި ބައިވެރިވުމަށް މި އިއުލާނުގައިވާ ކިއު.އާރް ކޯޑް ސްކޭންކުރުމުން އެފުރުސަތު ލިބޭނެ

ވޯކްޝޮޕުގައި ބައިވެރިވުމަށް https://docs.google.com/forms/d/e/1FAIpQLSfpOtGhDMo-PXLzaRgDjOd2yAmD5Df2iYw2rglxFM8cyvc8BA/viewform މި ލިންކް އިންވެސް ފުރުސަތު ލިބިގެންދާނެއެވެ. މި ވޯކްޝޮޕާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3313912 / 3329335 އަށް ނުވަތަ ހޮޓްލައިން ނަމްބަރު 1456 އަށް ގުޅުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.