އިހުތިޖާޖުކުރުމަށް ނިކުުތް މޯލްޑިވިއަންގެ ޕައިލެޓުން މިހާރު މަސައްކަތަށް ނިކުމެއްޖެކަމަށް އެކުންފުނިން ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޯލްޑިވިއަންގެ ޕައިލެޓުން މުޒާހަރާކުރަންފަށާއިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އެމީހުން މުޒާހަރާކޮށްފައިވަނީ، ޗީފް ޕައިލެޓުގެ މަގާމުގައި ކުރިންހުރި ޕައިލެޓް އެ މަގާމުން ވަކިކޮށް، އެހެން މީހަކަށް މަގާމު ދިނުމުން ހިތްހަމަނުޖެހިގެން ކަމަށްވެސް މައުލޫމާތުލިބެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރުމަށްފަހު މަސައްކަތަށް އެނބުރި ނިކުމެފައިވާކަމަށެވެ.

ޕައިލެޓުންގެ ފަރާތުންވަނީ ޙައްލުކުރަން ހުރިކަންކަން ޙައްލުކޮށްދިނުމަށް އެދިފައިކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އެހެންކަމުން މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހާ ޙައްލުކުރަންހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ޕައިލެޓުންނަށް ދީފައިކަމަށް މޯލްޑިވިއަންއިން ބުނެއެވެ.