އއ.މާޅޮހުގަ ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

މި ހާސިދާއާއި ގުޅިގެން ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާ ކަމަށާއި އެ ކުއްޖާ މޫދުގައި އޮއްވާ ފެނިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށެވެ. އަދި ކުއްޖާ މޫދުން ނެގިއިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މައުލޫމާތުލިބެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.