ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް ހައްގުބަސް ބުނާނެ ކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން އޭނާ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ޑރ.އިޔާޒު 14 ދުވަހަށް ސަސްޕެންޑް ކޮށްފައިވާއިރު އޭނާ ސަސްޕެންޑްކުރީ ސޯޝަލް މީޑިއާގައި ކުރެއްވި ޓްވީޓުތަކެއްގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިމެންދެންނެވެ.
މިކަމާ ގުޅިގެން ޝެއިޚު އަލީ ޒައިދު ކުރެއްވި ޓްވީޓަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ޚިޔާލު ފާޅުކޮށް ހައްގުބަސް ބުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށެވެ.
ޑރ. އިޔާޒް ސޯޝަލް މީޑިޔާގައި ދައްކަވަމުންގެންދަވާ ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކޮށްފަވާއިރު ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތުލިބެއެވެ.
ސަސްޕެންޑް ކުރުމަށް ފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
މިކަމާ ގުޅިގެން ދީނީ ގިނަ އިލްމުވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފަވާއިރު ޑރ.އިޔާޒު ވިދާޅުވީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެ ކަމަށެވެ.
މިހާރު އެނގެންވާނެ ވެރިކަން ހޯދަދޭން އުޅެވުނީ ކޮންފަދަ ވިޔާނުދާ ބަޔަކަށް ކަން. ދެން ކުރާނެ ކަމެއްނެތް. ހައްގުބަސް ބުނަންވީދުވަހު ނުބުނެވުނު މިއޮތީ މިހާރު ލަސްވެފަ.
އަބަދުވެސް ތިޔަހެން ހުންނެވޭނަމަ..... ދެރައީ ދޭތެރެއަކުން ބަދަލުވާތީ.