އިލްމުވެރިންގެ އަގުވައްޓާލައި، އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމަކަށްވެސް ހެދޭ އެންމެ ބޮޑު އެއް ގޯސްކަމަށް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ ޑރ. އިޔާޒް ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑް ކުރުމާގުޅިގެން ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވާ ވަގުތެއްގައެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ، އިލްމުވެރިންގެ އަގުވައްޓާލާ، އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމަކަށްވެސް ހެދޭ އެންމެ ބޮޑު އެއް ގޯސް ކަމަށާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަމަށެވެ.

ޖެހިލުމެއްނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދަށް އެބޭފުޅުންނަށް ކެތްނުކުރެވޭނެކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވެފައިވަނީ ޑރ.އިޔާޒް އާއިމެދު ނާއިންސާފުން އަޅާ ފިޔަވަޅަކީ ތަހައްމަލް ކުރާނެ ކަމެއް ނޫން ކަމަށެވެ.

ޑރ. އިޔާޒަށް ދެރައެއް ލިބުނަކަ ނުދޭނަން."
ޝައިހް އިލްޔާސް ހުސެއިން

ޑރ. އިޔާޒް ސޯޝަލް މީޑިޔާގައި ދައްކަވަމުން ގެންދަވާ ވާހަތަކާއި، ފާޅުކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކޮށްފައިވާއިރު ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ސަސްޕެންޑް ކުރުމަށް ފަހު ޔުނިވަސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

މިކަމާ ގުޅިގެން ދީނީ ގިނަ އިލްމުވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު ޑރ. އިޔާޒު ވިދާޅުވެފައިވަނީ، ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެ ކަމަށެވެ.