2019 ވަނަ އަހަރު ސްރީލަންކާގެ ޓްރިނިޓީ ކޮލެޖް ލަންޑަންގައި ބޭއްވި ރޮކް އެންޑް ޕޮޕް އިމްތިހާނުން ދިވެހިރާއްޖޭގެ 4 ކުއްޖަކަށް އެކި ގްރޭޑްތަކުން 1 ވަނަ ލިބިއްޖެއެވެ.
2019 ވަނަ އަހަރު ސްރީލަންކާގެ ޓްރިނިޓީ ކޮލެޖް ލަންޑަންގައި ބޭއްވި ރޮކް އެންޑް ޕޮޕް އިމްތިހާނުގެ ނަތީޖާ ފާޅުކުރުން މިއަދު ވާޗުއަލްކޮށް ބާއްވާފައި ވާއިރު، މި އިމްތިހާނުގައި ޓްރިނިޓީ ކޮލެޖް ލަންޑަންގެ ރާއްޖޭގައި ހުންނަ ކެމްޕަސްގެ ފަރާތުން ބައިވެރިވި ކުދިންގެ ތެރެއިން 4 ކުއްޖަކު ވަނީ 1 ވަނަ ހޯދާފައެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) އިން ބުނީ، އެ ސެންޓަރުގެ ދަރިވަރުންގެ ތެރެއިން އަނޫޝާ ސުޖާއު، ރޮކް އެންޑް ޕޮޕް ވޯކަލް ގްރޭޑް އެކަކުން އެއްވަނަ ހޯދާފައިވާ ކަމަށެވެ.
އަދި އާޢިޝަތު މަލީޝާ ބުންޔާމީން ރޮކް އެންޑް ޕޮޕް ވޯކަލް ގްރޭޑް ދޭކުން އެއްވަނަ ހޯދާފައިވާ ކަމަށް އެމްއެމްއޭސީން ބުނެއެވެ.
މީގެ އިތުރުން ރޮކް އެންޑް ޕޮޕް ވޯކަލް ގްރޭޑް ތިނަކުން މަރިޔަމް ކަލީސާ އަޙްމަދު އެއްވަނަ ހޯދާފައިވާ ކަމަށާއި، ޢާއިޝަތު ޖޫނީ ޖިނާހް ރޮކް އެންޑް ޕޮޕް ވޯކަލް ގްރޭޑް ހަތަރަކުންނާއި، ރޮކް އެންޑް ޕޮޕް ގިޓާރ ގްރޭޑް ހަތަރަކުން އެއްވަނަ ހޯދާފައިވާކަމަށް އެމްއެމްއޭސީން ބުނެއެވެ.
މި ދަރިވަރުންގެ ކަމިޔާބީ ފާހަގަކޮށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ، އިމްތިހާނުން ވަނަ ހޯދި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.
އަދި އެކުދިންގެ ހުނަރު މިދައިރާގެ އެކި މަންސަތަކުން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ޔުމްނާ ވަނީ ވިދާޅުވެފައެވެ.
އެމްއެމްއޭސީން ބުނީ މި ދަރިވަރުން މިއަދު ވަނީ ސްރީލަންކާގެ ޓްރިނިޓީ ސެންޓަރުން ބޭއްވި ވާޗުއަލް ކޮންސެޓެއްގައި 4 ހުށަހެޅުމެއްވެސް ހުށަހަޅާފައި ކަމަށެވެ.
މީގެ އިތުރުން 2017 އަދި 2018 ވަނަ އަހަރުވެސް އެމްއެމްއޭސީގެ ފަރާތުން 3 ދަރިވަރަކު މި އިމްތިހަނުގައި ބައިވެރިވެ، އެ ދަރިވަރުން ބައިވެރިވި މާއްދާތަކުން 1 ވަނަ ހޯދާފައިވާކަން އެމްއެމްއޭސީން ވަނީ ފާހަގަކޮށްފައެވެ.
މި އިމްތިހާނަކީ އިންޓަރނޭޝަނަލް ރިކޮގްނިޝަން ހޯދުމަށް ދުނިޔޭގައި އެންމެ ގިނައިން ހަދާ އިމްތިހާނު ކަންވެސް އެމްއެމްއޭސީން ފާހަގަކުރެއެވެ.
މިޔުޒިކުނ 1ވަނަ ސުވަރުގެއިން 1ވަނަ