އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، "އާޗާ ޑެއިލީ 2ޖީބީ" ޕްލޭން ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މި އައު ޕްލޭން އާއިއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް 750ރ އަށް ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، ''އާޗާ ޕްރިޕެއިޑް'' މި ޕްލޭނާއިއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސަކާއި އެކު ކަމަށެވެ. އަދި އާޗާ 2ޖީބީ ޕްލޭނާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބޭނެ ކަމަށާ އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް އުރީދޫ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވަނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ތަފާތު އައު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫއިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.