ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. މުލީގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދޭންފަށައިފިއެވެ.

ބީއެމްއެލްގެ އޭޓީއެމް ސެންޓަރުގައި މިހާރު ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު މިހިދުމަތުގެ ބޭނުން ކުރެވޭއިރު، ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތްތައް މިހާރު ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނީ މި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބީއެމްއެލްގެ ބްރާންޗުތަކަށް ދާންނުޖެހި، ފަސޭހަ ކަމާއެކު ބޭންކިންގ ހިދުމަތްތައް ލިބޭނެކަމަށެވެ.

މިއާއިއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާެއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރިކޮށްދިނުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެކުންފުނިން 10 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ގާއިމުކޮށްފައިވާއިރު 5 ރަށެއްގެ އޭޓިއެމްއަކަށްވަނީ ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދީފައެވެ.

އަދި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅެއްގައި 35 ބްރާންޗަކާއި، 67 ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއްގެ އިތުރުން 128 އޭޓީއެމާއި، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ބީއެމްއެލްއިން ވަނީ ގާއިމުކޮށްފައެވެ.

މީގެއިތުރުން ބީއެމްއެލްއިން ވަނީ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްވެސް ރާއްޖޭގައި ގާއިމުކޮށްފައެވެ.