މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން، ޑިފެންޑިންގ ޗެމްޕިއަން، އޮސްޓްރޭލިއާގެ އޭޝްލެއި ބާޓީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުން އެއްވަނައަށް ސީޑް ކުރެވިފައިވާ ބާޓީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ ބެލަރުސްގެ އަރީނާ ސަބަލެންކާ އާއި ވާދަކުރި މެޗު، ތިންސެޓު އެއްސެޓުން ކާމިޔާބުކޮށްގެނެވެ، އެއީ ހައެއް ހަތަރެއް، ހައެއް ހަތެއް އަދި ހައެއް ތިނަކުންނެވެ.

މެެޗާއި ކުރިމަތިލިއިރުވެސް ބަނޑުގެ މަސްގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އަރީނާއަށް މެޗުގައި އެންމެ ފުރިހަމައަށް ކުޅެވޭ ގޮތެއް ނުވިއެވެ.

ބާޓީ އަކީ މުބާރާތުގެ ސެމީގެ ޖާގައެއް އެންމެ ފުރަތަމަ ހޯދި ކުޅުންތެރިޔާއެވެ. ސެމީގައި ބާޓީ ވާދަކުރާނީ ކުއާޓާގައި ފަސްވަނައަށް ސީޑް ކުރެވުނު ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއި ލެޓްވިއާގެ އެނެސްޓެސީޖާ ސެވަސްޓޯވާ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.