އިނގިރޭސި ގަދަބާރު، މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް، އެންތަނީ މާޝިއަލްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން، މި ސީޒަނުގެ ބާކީ ބައިގައި އޭނާއަށް ނުކުޅެވިދާނެ ކަމަށް، މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗް، އޮލެގޮނަ ސޯލްޝެއާ ބުނެފިއެވެ.

މާޝިއަލް އަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ޔޫރޯ ކޮލިފިކޭޝަންގައި ފްރާންސް އިން ކަޒަކްސްތާން އަތުން 0-2 އިން މޮޅުވި މެޗުގައެވެ.

ފްރާންސް އާއި ކަޒަކްސްތާން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ބީޓީ ސްޕޯޓްސް އަށް ދިން އިންޓަަވިއު އެއްގައި ސޯލްޝެއާ ބުނީ އުންމީދަކީ ވަރަށް އަވަހަށް އަނިޔާއިން ރަނގަޅުވެ މާޝިއަލް ކުޅުމުގެ ތެރެއަށް އަލުން އައުން ކަމަށްވީނަމަވެސް، މެޑިކަލް ރިޕޯޓްތައް ދައްކާގޮތުން މިސީޒަނުގެ ބާކީ ބައިގައި އޭނާ ފެނުން ނާދިރުކަމަށެވެ.

މާޝިއަލް ވަނީ މިސީޒަނުގައި ޖުމްލަ 7 ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް މިއަހަރު ފެށުންފަހުން މާޝިއަލް އަށް 19 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން ލަނޑެވެ.

ޔުނައިޓެޑުން ވަނީ އާދިއްތަ ދުވަހުގެރޭ ބްރައިޓަން އެންޑް ހޯވް އެލްބިއޮން އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އެޓީމު އޮތީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި 30 މެޗުން 60 ޕޮއިންޓާއި އެކުގައެވެ.