މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް، ޕޮލެންޑްގެ ހުބާޓް ހަރކަރޗް ހޯދައިފިއެވެ.

ހުބާޓް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. ސިނާ އަކީ ރަފައެލް ނަދާލްގެ ފަހުން އެންމެ ޒުވާން މާސްޓަރސް ފައިނަލިސްޓެވެ.

އެއް ގަޑިއިރާއި 43 މިނެޓަށް ދެމިގެންދިޔަ ފައިނަލް މެޗްގެ ފުރަތަމަ ސެޓު ހުބާޓް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ޓައި ބްރޭކަކަށް ދިއުމުން، 4-7 އިން ޓައި ބްރޭކް ކާމިޔާބުކޮށްގެންނެވެ. އަދި ދެވަނަ ސެޓު އޭނާ ކާމިޔާބުކުރީ 4-6 އިންނެވެ.

މިމުބާރާތުގައި ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ނަދާލް، ނޯވަކް ޖޮވިޗް އަދި ރޮޖާ ފެޑެރާ ފަދަ ކުޅުންތެރިން ކުޅެފައި ނުވި ނަމަވެސް، ސިނާ މުބާރާތް ކާމިޔާބުކުރީ ދުނިޔޭގެ ރޭންކިންގ ގެ އަށްވަނަ އެންދްރޭ ރުބްލެވް އާއި ފަސްވަނަ ސްޓެފަނޮސް ސިޓްސިޕާސް ބަލިކުރުމަށްފަހުގައެވެ.

ދުނިޔޭގެ ރޭންކިންގ ގައި 37 ވަނައަށް ރޭންކް ކުރެވިފައިވާ ސިނާ މިމުބާރާތް ކާމިޔާބުކުރުމާއިއެކު އޭނާ ވެގެންގޮސްފައިވަނީ މާސްޓާސް އިވެންޓެއް ކާމިޔާބުކުރި އެންމެ ދަށް ރޭންކިންގ ކުޅުންތެރިޔާއަށެވެ.

ފޮޓޯ:- ގެޓީ އިމޭޖަސް

މިމުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީ އެވެ. އޭނާ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކެނެޑާގެ ބިއާންކާ އެންޑްރީސްކޫ އާއި ބައްދަލުކޮށެވެ. މިމެޗްގައި ބިއާންކާ ވަނީ ދެވަނަ ސެޓްގައި އަނިޔާވެގެން މެޗުން ރިޓަޔަރ ކޮށްފައެވެ. އޭރު ބަރޓީ ވަނީ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބުކޮށް ދެވަނަ ސެޓްގައި ހަތަރު ގޭމްގެ ލީޑެއް ނަގާފައެވެ.