މ.މުލަކާއި، ރ. ހުޅުދުއްފާރުގެ މަގުތަކުގެ ތާރުއެޅުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއަށް ހަވާލުކޮށްފިއެވެ.

މިދެރަށުގައި ތާރުއެޅުމުގެ މަޝްރޫއުގެ އެެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މުލަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަސްތެރޭ ނިންމާގޮތަށެވެ. މި މަސައްކަތަކީ 106،230،722.25 (ސަތޭކަ ދެމިލިއަން ދެލައްކަ ތިރީސްހާސް ހަތްސަތޭކަ ބާވީސް ރުފިޔާ ފަނންސަވީސް ލާރިއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ، 5.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުުރުން މަގުތަކުގައި މަގުބައްތިޖެހުމެވެ.

މީގެއިތުރުން ހުޅުުއްފާރުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 390 ދުވަހުގެ ތެރޭގައި ނިންމުމަށެެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 88،912،040.55 (އައްޑިހައަށް މިލިއަން ނުވަލައްކަ ބާރަހާސް ސާޅީސް ރުފިޔާ ފަންސާސް ފަސް ލާރި) އަށެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގައި، 3.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތިޖަހާނެއެވެ.