ކައުންސިލް އިންތިޚާބާއެކީގަ ކޯލިޝަންގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ އެމްޑިޕީ ސަޕޯޓަރުން މި ވެރިކަން ގެނައީ ވަރަށް އުންމީދުތަކެއް އޮވެގެން ކަމަށާއި ވޯޓަކާ ދިމާވާ ކޮންމެ ފަހަރަކު ބަޢާވާތޭ ބުނާއިރު އޭރު ބަޢާވާތްކުރިކަމަށް ވިދާޅުވި ބޭފުޅުންނާއެކު ނިދިކުރައްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ދެއްކެވި ވާހަކައިގައެވެ.
މެމްބަރު ހަލީމް ވިދާޅުވީ ހުރިހާ ކެންޑިޑޭޓުން ތިބީ އެމްޑީޕީއަށް ތާއީދުކޮށްގެން ކަމަށާއި ހޮނިހިރު ދުވަހު އެންމެން ނިކުމެ ވޯޓު ލާނީ ތިލަފަތަށް ކަމަށެވެ.
އެމްޑިޕީގެ ތެރޭގައި ފެކްޝަނެއް ނެތްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެކުގައި ދަތުރުފުޅުތައް ކުރައްވާނެ ކަމަށާއި އެމްޑީޕީގެ ހުރިހާ މޭޔަރުންވެސް އަދި އެއްތަނަކުން ފެންނާނެ ކަމަށެވެ.
އެމްއެމްޕީއާރުސީ އަދި ބަޣާވާތްކުރި ކަމަށް ބުނާ ބޭފުޅުންގެ ކިބައިން މަޑުމަޑުން ނެތްޓެމުންދާ ކަމަށާއި މި ކައުންސިލް އިންތިޚާބާއި އެކީގަ ކޯލިޝަނާއެކީގަ އޮތް އުނދަގޫތަކުން އެމްޑީޕީ ސަލާމަތްވާނެ ކަމަށާއި އެމްޑީޕީގެ ހަގީގީ ވެރިކަން ފެށިގެންދާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސޭ އިރު ކަމަށް މެމްބަރު ހަލީމް ވިދާޅުވިއެވެ.
އެހާހިސާބުން ކޯލިޝަނެއް ނޯންނާނެ ކަމަށާއި ކޯލިޝަންގެ ނިންމުން ގެނެވެން އޮތީ އެމްޑީޕީއަށް ކައުންސިލް ލިބިގެން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީ އަހަރެމެން އޭރުވެސް ބުނަމުން ދާވާހަކަ. ބޭނުން ނެތޭ ހިސާބަށް ދިޔައިމަ އެއްލާލާނެ. ދެންކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. އެތަން އެބުނިގޮތަށް ވަރަށް ފުރިހަމައަށް މިފަހަރު ފެންނާނެ.