މި ސީޒަން ނިމުމުން ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކުން އެކުލަބުގެ ތަޖުރިބާކާރު ޑިފެންޑަރ، ޖެރޯމް ބޯޓެންގް ދޫކޮށްލަން ނިންމާފައިވާކަމަށް އެކުލަބުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ބަޔާންގެ ސްޕޯޓިންގ ޑިރެކްޓަރ، ހަސަން ސަލިހަމިޒިޗް ބުނީ ބޯޓެންގް އާއިއެކު ހަދާފައިވާ އެއްބަސްވުމުން ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ދެފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ކުލަބުން ބޯޓެންގް އާއިއެކު އިތުރު އެއްބަސްވުމެއް ނުހަދާނެކަން ނިންމާފައިވާ ކަމަށެވެ. އަދި އުންމީދަކީ ބޯޓެންގް ކުަލަބު ދޫކޮށްދާނީ ކުަލަބާއެކު ޓައިޓަލް ތަކެއް ހޯދުމަށް ފަހުގައިކަމަށްވެސް ހަސަން ވަނީ ބުނެފައެވެ.

2006 ވަނަ އަހަރު ސީނިއަރ ކެރިއަރު ހާތާ ބާލިން އިން ކެރިއަރު ފެށި ބޯޓެންގް ބަޔާން އާއި ގުޅުނީ އެއް އަހަރު ދުވަހު އިނގިރޭސި ގަދަބާރު، މެންޗަސްޓަރ ސިޓީއަށް ކުޅުމަށްފަހު 2011 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ބަޔާން އަށް 354 މެޗު އޭނާ ކުޅެދީފައިވާއިރު، ފާއިތުވީ 10 އަހަރުދުވަހުގެ ތެރޭގައި އެޓީމުން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި ބޯޓެންގް ގެ ހިއްސާ ވަރަށް ބޮޑެވެ.

އެގޮތުން ފާއިތުވީ 10 އަހަރު ތެރޭގައި ބޯޓެންގް ވަނީ ބަޔާން އާއިއެކު އަށް ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށް، ޑީއެފްބީ ޕޯކަލް ފަސް ފަހަރު އަދި ދެފަހަރަށް ޗެމްޕިއަންސް ލީގާއި ދެ ކްލަބް ވޯލްޑް ކަޕްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވ،

މި ސީޒަނުގައިވެސް ބަޔާން އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ސްޕޯޓިންގް ޑިރެކްޓަރ ހަސަންގެ އުންމީދާ އެއްގޮތަށް މިސީޒަނުގައިވެސް ބަޔާން އަށް ބުންޑަސްލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑެވެ. އެކުލަބު މިހާރުވެސް އޮތި ލީގު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ.