އއ. ބޮޑުފޮޅުދޫ އަށް ނިސްބަތްވާ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބް (އާރްބީޖީ) އިން އެރަށު އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޭމް ނިންމާލާ، ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އެއް މަހާ ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޭމްޕާއި ބެހޭގޮތުން ވީނިއުސް އާއި މައުލޫމާތު ދެއްވަމުން އާރްބީޖީގެ ރައީސް، އިބްރާހިމް ނަސީމް ވިދާޅުވީ ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވުނު މި ކޭމްޕްގެ ނިމުން ފާހަގަކުރާއިރު، މި ކޭމްޕް މެދުވެރިކޮށް ރަށުގައި ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިންތަކެއް އުފެއްދިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހޭންޑްބޯލް ޓްރެއިންންގ ކޭމްޕްގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އާރްބީޖީ

މީގެއިތުރުން ނަސީމް ވިދާޅުވީ، ކުލަބުގެ އަމާޒަކީ ކުޅިވަރުގެ މައިދާނުގައި ފިރިހެނުންނާއި އެއް ސަފެއްގައި އަންހެހުންގެ ފައިތިލަ ސާބިތުކުރުމަށް އާރްބީޖީ މެދުވެރިއަކަށްވުން މީ އެކުލަބުގެ އަމާޒެއްކަމަށާއި ރަށުގެ އަންހެން ކަނބަލުންނަކީ ކުޅިވަރުގައި ކާމިޔާބު ފަރާތްތަކަކަށް ހެދުމަށް ކުލަބުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.

ބޮޑުފޮޅަދޫ ލޯކަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންދެވުނު މި ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް އެވެ. މީގެއިތުރުންވެސް ރަށުގެ މުއަށްސަސާތަކުގެ ވެރިންގެ އިތުރުން ކުލަބު ޖަމިއްޔާތަކުގެ ވެރިންގެ އިތުރުން އަދިވެސް ރަށުގައި ފާހަގަކޮށްލެވޭ ފަރާތްތަކުން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

ހޭންޑްބޯލް ޓްރެއިންންގ ކޭމްޕްގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އާރްބީޖީ

މިރަސްމިއްޔާތުގައި ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމްއެވެ.

ފޮޓޯ:- އާރްބީޖީ

މި ރަސްމިއްޔާތުގައި އާރްބީޖީގެ އަންހެން ޓީމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ޖާޒީ، އެޓީމުގެ ކުޅުންތެރިންނާއި ވަނީ ހަވާލުކޮށްފައެވެ. ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވީ ބޮޑުފޮޅުދޫ ކައުންސިލްގެ ނައިބްރައީސް މުހައްމަދު ނާޝިދު އާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ވޮލީޓީމްގެ އެސިސްޓެންޓް ކޯޗް އަހުމަދު މުހައްމަދު އެވެ.

ހޭންޑްބޯލް ޓްރެއިންންގ ކޭމްޕްގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އާރްބީޖީ

އާރްބީޖީ އަކީ ރަށުގެ އިޖްތިމާއީ ކަންތައްތަކުގައި އާއި ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކުލަބެކެވެ. މިކަން ފާހަގަކޮށް ކުލަބުން ބޭއްވި އާރްބީޖީގެ އަހަރީ އާންމު ޖަލްސާގައި ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ސުޖާއު އާދަމް ވިދާޅުވީ 2020 ވަނަ އަހަރު ފެނުނު މަންޒަރުތަކަށް ބަލައި، އޭނާގެ ނަޒަރުގައި ހުރިހާ ގޮތަކުންވެސް އެއްވަނަ ކުލަބަކީ އާރްބީޖީ ސްޕޯޓްސް ކުލަބު ކަމަށެވެ.

މި ރަސްމިއްޔާތުގައި އާރްބީޖީގެ ރައީސް އިބްރާހިމް ނަސީމް ވަނީ، ކުރިއަށް އޮތް ރޯދަ މަހުގައި އާރްބީޖީގެ ފަރާތުން މުޅި ރަށަށް ހުޅުވާލައިގެން ޤުރުޢާން މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި އަދި ރޯދަމަހުގެ ކުރިން ކުލަބުގެ ފަރާތުން ރަށުގެ ރައްޔިތުންނަށް މާހެފުމެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ނަސީމް ވަނީ ހާމަކުރައްވާފައެވެ.

އަދި ރޯދަމަސް ނިމުމުން ކުލަބުގެ ފަރާތުން، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ވޮލީ ޓްރެއިނިންގ ކޭމްޕެއް ފެށުމަށް ނިންމާފައިވާކަންވެސް ނަސީމް ވަނީ ހާމަކުރައްވާފައެވެ.