އެމްއެންޑީއެފް ސަދަން އޭރިއާގައި ސަރވިސްކޯރގެ ޔުނިޓެއް ޤާއިމުކޮށްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

އެމްއެންޑީއެފުން ބުނީ ސާރވިސްކޯރގެ މި ޔުނިޓަކީ ރައްޔިތުންނާއި ގާތުން އަވަސް ކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަށް އޭރިއާގައި ހިންގާ ތަފާތު އޮޕަރޭޝަންތަކަށް، ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓް ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު ޤާއިމުކުރެވުނު ސާރވިސްކޯރ ޔުނިޓްގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގާ އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ސިފައިންގެ އާ ކެޕްސްޓޯން ޑޮކްޓަރީންގައިވާ ގޮތުގެ މަތިން، ސިފައިންގެ އަސްކަރީޤާބިލް އިތުރުކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުޞަދުގައި ޤައިމްކުރެވުނު ޚިދުމަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަރވިސްކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން ސަރވިސްކޯރގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.