ޝަންގްރިލާގެ ހޮޓެލް ޖެން މޯލްޑިވްސްގެ މިއަހަރުގެ ރަމަޟާން މަހުގެ އިފްތާރްގައި މުޅިން އަލަށް މެދުއިރުމަތީގެ ކެއުންތައް ތަޖްރިބާކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެހޮޓަލުން ބުނެފިއެވެ.

އިފްތާރް މެނޫގެ ރަހަތައް ތަޖްރިބާކޮށްލުމަށް މިއަދު ހޮޓެލް ޖެންގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި އެ ހޮޓެލްގެ އިފްތާރް މެނޫގައި ހިމެނިފައިވާ ކެއުންތައް ހުރިއިރު، މީގެތެރޭގައި ދިވެހި ކެއުމާއި، އިންޑިއާގެ ކެއުންތައްވެސް ހުއްޓެވެ. އެތަނުންވެސް އެންމެ ފާހަގަކޮށްލެވޭ ކެއުންތަކެއްކަމަށް އެންމެނަށްވެސް ފާހަގަކުރެވިފައިވަނީ، މެދުއިރުމަތީގެ ކެއުންތަކާއި، މެދުއިރުމަތީގެ ޚާއްސަ ބުއިމެކެވެ.

މީގެއިތުރުން ވަގުތުން ކައްކައި، ތާޒާކޮށްވެސް ބައެއް ކެއުންތައް ލިބެން ހުރެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހޮޓެލް ޖެން މޯލްޑިވްސްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުހައްމަދު ވިދާޅުވީ، މިއަރައުގެ އިފްތާރް މެނޫގައި ގިނައިން ހުންނާނީ މެދުއިރުމަތީގެ ކެއުންތައް ކަމަށެވެ. އެހެންނަމަވެސް ދިވެހި ކެއުންތައްވެސް ލިބެން ހުންނާނެ ކަމަށެވެ.

"މިޑްލް އީސްޓްގެ ޑިޝެސްއަށް ބަލާލާއިރު، އަޅުގަނޑުމެންގެ ހަމަ ވެލް ޓްރެއިންޑް، މިޑްލް އީސްޓް ޑިޝެސްއަށް ސްޕެޝަލައިޒްޑް ޝެފެއް މިކޮޅުގަ ހުންނާގެ ޑިޝެސްތައް ކުރިޔަށްގެންދަން. އަދި އޭގެ އެންމެ ފުރިހަމަ ރަހައިގަ ގެންނަން. ދެން އަޅުގަނޑުމެންގެ ހުރިހާ އިންގްރެޑިއެންޓްސް މީ މިޑްލް އީސްޓްގެ އެކި އޮތެންޓިކް ރަށްތަކުން ގެނެއްސަ ހުންނާނީ. އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ޑޭޓްސްތަކަށް ބެލިޔަސް ހަމަ މިކަމަށް ތައްޔާރުވެގެން ގެނެސްފައި މިހުރީ" ނީނާ މުހައްމަދު

ނީނާ ވިދާޅުވީ ހޮޓެލް ޖެންގެ ހޮޓަލައިން 7799323 އަށް ގުޅައިގެން އިފްތާރަށް ބުކިން ހެދޭނެ ކަމަށެވެ. މީގެއިތުރުން ސޯޝަލް މީޑިއާ ޕްލެޓްޕޯމް ތަކުންވެސް ބުކިން ހެއްދޭނެ ކަމަށެވެ.

ނީނާ ވިދާޅުވީ ކޮވިޑްގެ މިދުވަސްކޮޅާއި ގުޅިގެން އިފްތާރުގެ އަގުވެސް ވާނީ ކުޑަކޮށްފައި ކަމަށެވެ. އެގޮތުން މެނޫގެ ހުރިހާ ކެއުންތަކެެއް 29 ޑޮލަރަށް ލިބޭނެ ކަމަށެވެ. ކުރީ އަހަރުތަކުގައި މި ކެއުންތައް ލިބުނީ 45 ޑޮލަރަށެވެ.

ނީނާ ވިދާޅުވީ، އާއިލާތަކަށާއި، ކުންފުނިތަކަށް އަދި ގުރުޕްތަކަށްވެސް އިފްތާރްގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފް ކޮށްފައިވާނެ މަށެވެ.

އިފްތާރުގެ އިތުރުން ތަރާވިސް ގަޑިއަށްވެސް ހާއްސަ މެނޫއެއް ހޮޓެލް ޖެންއިން ތައާރަފް ކޮށްފައިވާނެ ކަމަށް ނީނާ ވިދާޅުވިއެވެ.

ނީނާ އިތުރަށް ވިދާޅުވީ، އިފްތާރުގެ ކަންކަން ހޮޓެލް ޖެންގައި ކުރިޔަށް ގެންދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށްކަމަށެވެ.