16 ފަޅުރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ފަތުރުވެރިކަން ކުރުމަށް ދޫކުރާ ރަށްތައް:

  • ހއ. ވެލިފިނޮޅު
  • ހއ. އަލިދުއްފަރުފިނޮޅު
  • ހއ. ކުޑަފަރުފަސްގަނޑު
  • މ. ސީދީހުރާ
  • މ. މާއުސްފުށި
  • ތ. ކާއްޑޫ
  • ތ. ކަނިމީދޫ
  • ތ. އޮޅުފުށި
  • ލ. ކަށިދޫ
  • ލ. ބޮޑުމުންޏަފުށި
  • ލ. ދޮންބެހެރާ، އަދި ހޮޅުރަހާ
  • ގއ. މާރެހާ
  • ގއ. ފުނަދޫވިލިގިއްލާ
  • ގދ. ކަނޑަހަލަގަލާ
  • ގދ. ކަޑެވާހެރާ
  • ގދ. ފެރޭތަވިލިގިއްލާ

ޓުއަރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިރައްތަކުގައި ރިޒޯޓް ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަަނަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 10 ޖޫންގެ 10:00 ޖަހާއިރު، އެމިނިސްޓްރީއަށް ބީލަން ހުށައަޅަންޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޓުއަރިޒަމް މިނިސްޓްރީގެ އީމެއިލް، [email protected] އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލްކުރުމަށް އެމިނިސްޓްރީން އެދިފައިވެއެވެ.

މިކަމަށް ށައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެެހޭ އެޕްލިކޭޝަން ފޯމް، އުޓަރިޒަމް މިނިސްޓްރީގެ ވެބްސައިޓް، (www.tourism.gov.mv) އިން ލިބެން ހުންނާނެއެވެ.

އަދި ބީލަން ފޮތް ލިބޭނީ، 14 އޭޕްރިލުން ފެށިގެން 06 ޖޫންގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:30 އާއި ދެމެދު ޓުއަޒަމް މިނިސްޓްރީގެ ރިސެޕްޝަނުކަމަށް އެމިނިސްޓްރީން ބުނެއެވެ.