މިއަދު އިރުއޮއްސި 6 ޖަހާއިރު ވޯޓުލާ މަރުކަޒުތައް ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އިރުއޮއްސި 6 ޖަހާއިރު ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ކިއު ހަދަފައި ނެތްނަމަ ވޯޓުލާ މަރުކަޒު ބަންދުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަނުން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ.

ވޯޓު ލުމުގް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ހަވީރު 5:00 ގެ ނިޔަލަށް ހުލުވާލާފައެވެ. ހަވީރު 5:00 އާއި 6:00 އާ ދެމެދު ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި، ޕޮޒިޓިވް މީހުން ވޯޓުލުމަށް ވަނީ ހާއްސަކޮށްފައެވެ.

މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޯޓުލާ ވަގުތު އިތުރުކުރުމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރުންނާއި އެޑްވައިޒަރީ ގްރޫޕުގެ މެމްބަރުންނާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށް ގޮސްފައިވެއެވެ.

އެގޮތުން ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލާން ވަގުތަށް ނުދެވުން އެކަށީގެންވާކަމަށް އެޑްވައިޒަރީ ގްރޫޕުން ބުނެފައިވެއެވެ.

އެހެންނަމަވެސް މި މަޝްވަރާތަކަށްފަހު ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިރުއޮއްސި 6:00 ގައި ވޯޓުލުން ނިންމާލުމަށެވެ.