ކުރީގެ އިންތިޚާބުތަކުގައި މާލެއިން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މިއަދު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އާންމުގޮތެއްގައި ކައުންސިލް އިންތިޚާބުތަކުގައި މާލެއިން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމަށެވެ.

ކުރީގެ 3 ފަހަރުގައިވެސް އަތޮޅު ތެރެއިން 70 އިންސައްތަ މީހުން ނުކުންނައިރު މާލެއިން ވޯޓްލާން ނުކުތް މީހުންގެ އަދަދު ދަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ލަފާ ކުރައްވަނީ އެ އަދަދު މިފަހަރު ރަނގަޅުވާނެ ކަމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަންތައްތައް ބަދަލުކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ."
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ވީހާވެސް ގިނަ މީހުން ނުކުމެ ވޯޓްލުމަށް އެދިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބަކީ ރައްޔިތުން ކަންކަން ނިންމަން ލިބޭ ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފަންވާނެ ކަމަށެވެ.

ވޯޓުލުމަށް މީހުން ގިނައިން ނިކުންނަނީ އެކަމަކާ ތިމާޔާ ގުޅިފައިވާ މިންވަރުގެ ސަބަބުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން އާންމު ރައްޔިތުންގެ ހިތްތަކަށް ވަންނަމުންދާނީ ކުރިއަށްއޮތްތަނުގަ އެ ނިޒާމު ފުރިހަމައަށް މަސައްކަތްކުރާ ތަންވެސް ފެނިގެން ކަމަށެވެ.

އަދި މި ނިޒާމު ފުރިހަމަ ނުވާތީ ރައްޔިތުންގެ ހިތުގައި ހުރި ޝަކުވާތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި މިއަދު ފެނިގެން ދަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގަ އުފާވެރި ދުވަހެއްގެ ގޮތުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.