ޕޭރޫގެ ރައްޔިތުން ވޯޓުލާން ނިކުތީ ޤައުމެއްގެ ގޮތުގައި ޒުވާން ޑިމޮކްރަސީއެއްގެ އެންމެ ދަށް މިންގަނޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. އަދި ގިނަ މީހުން ވޯޓުލާން ނިކުންނާނީ ގަނޑުކޮޅުގައި ފާހަގައެއްނުލައި ހުސްކަރުދާސްކޮޅެއް ވޯޓުފޮށްޓަށް ލުމަށެވެ.

ޢުމުރުން 62 އަހަރުގެ ވިސެންޓާ އެސްކޮބާރ އަކީ ވެރިރަށް ލީމާގެ މަގުތަކުގައި ހުންނަ މޭވާ ވިއްކާ ދުއްކާނެއްގައި އިންނަ އަންހެނެކެވެ. ފާއިތުވެ ދިޔަ 20 އަހަރު ދުވަހު 4 އިންތިޚާބުގައި އޭނާ ވޯޓުލައިފައިވަނީ އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް އެންމެ މަޤުބޫލު ކެންޑިޑޭޓަށެވެ. އެއީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަތް ނަމަވެސް ބަދަލެއް ގެނެސްދެއްވާނެކަމުގެ އުއްމީދުގައެވެ.

އެހެން ނަމަވެސް މިފަހަރު އެހެނެއް ނުވިއެވެ. އާދީއްތަ ދުވަހު ވޯޓުލާން އޭނާ ދިޔައީ އެއްވެސް ވިސްނުމެއް ބާއްވައިގެނެއް ނޫނެވެ. އެއީ ޕޭރޫގެ ޤާނޫނުން ލިބިދީފައިވާ ޙައްޤަކަށްވާތީއެވެ. ނަމަވެސް އޭނާ ވޯޓުކަރުދާސްކޮޅު ވައްޓައިލާނީ އެއްވެސް ފާހަގައެއްނުލައި ކަމަށް ބުނެފައިއެވެ.

ބުރާސްފަތިދުވަހުގެ މެންދުރުފަހު އޭނާ ބުނީ ދޮގުތަކާއި ވައްކަންތަކާހެދި އޭނާވަނީ މުޅީން މާޔޫސްވެފައި ކަމުގައެވެ. އެހެންވީމާ ވޯޓުކަރުދާސްކޮޅު ފޮށްޓަށް ވައްޓައިލާނީ އެއްވެސް ފާހަގައެއްނުލައި ކަމުގައެވެ.

އާދީއްތަދުވަހު ޕޭރޫގެ ރައްޔިތުން ވޯޓުލާން ނިކުތީ އެ ޤައުމުގެ ޅަފަތުގެ ޑިމޮކްރަސީ އެންމެ ދަށުދަރަޖައަށް ވެއްޓިފައިވާ ދަނޑިވަޅުގައެވެ. 18 ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އެބައޮތެވެ. ނަމަވެސް ވޯޓުލާން ނިކުންނަ މީހުންގެ 15 އިންސައްތަ ވޯޓުކަރުދާސްކޮޅުގައި އެއްވެސް ފާހަގައެއް ނުލާނެކަމަށް ޢާންމު ޚިޔާލު ހޯދުމުގެ ވަރަށްގިނަ ވޯޓުތަކުން ދައްކައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް 10 އިންސައްތައަށްވުރެ މައްޗަށް ތާއީދު ހޯދޭނެ ކަމަކަށް މި ވޯޓުތަކަކުން ނުދައްކައެވެ. އެންމެ ކުރީގައި ތިއްބަވާ ދެބޭފުޅުންނަށްވެސް ދެވަނަ ބުރަކަށް ވަޑައިގެންނެވޭނީ މަދުވެގެން ވޯޓުގެ ދެބައިކުޅައެއްބައި ލިބިވަޑައިގެންފިނަމައެވެ.

މި ވޯޓު އައީ ހަލަބޮލިކަމުގެ ފަސްއަހަރުގެ ތެރޭގައި 4 ރައީސުންނާއި ދެ ޕާލަމެންޓު އޮތް ދައުރެއްގެ ތެރޭގައެވެ. އަދި މިވޯޓުލަނީވެސް ކަރަޕްޝަންގެ މައްސަލަތަކާހެދި ރައްޔިތުން ފޫހިވެ ރުޅިގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއި އެކު ބަލމަޑުކަމުގެ ވަބާއަކާއި ސިޔާސީ ނިޒާމުގެ ނުތަނަވަސްކަން ރައްޔިތުންގެ ވިންދާއި ކުޅެލައިފައިވަނިކޮންނެވެ. ގިނަމީހުން ބުނަނީ މި ހުރިހާކަމަކުން ރައްޔިތުން ފިތި ބާރުވެ ފައިދާ އާއި ނަފާ ނަގައިފައިވަނީ ކޯޕަރޭޝަންތަކާއި އޮފިޝަލުން ކަމުގައެވެ.

ޕޭރޫގެ ވެރިކަމަށް މިއަހަރު ކޮންމެ ބޭފުޅަކު ވަޑައިގަތް ނަމަވެސް، ފަހުގެ ތާރީޚުގެ ރައީސުންނާއި އަޅައި ކިޔާއިރު، އެންމެ ބަލިކަށި އިމްތިޔާޒުތައް ލިބިވަޑައިގަންނަވާ ބޭފުޅަކަށް މި ވޯޓުން ކާމިޔާބު ހޯއްދަވާ ބޭފުޅަކު ވެގެންދާނެއެވެ. އަދި އެބޭފުޅަކަށް ޖެހިވަޑައިގަންނަވާނީ އިޤުތިޞާދުގެ ދެފުށް ހަމަހަމަކޮށް ޞިއްޙީ މައްސަލަތަކާ ކުރިމަތިލައްވާށެވެ. އަދި އެކަން އެއީ ކުރިއަށް އޮތް މުސްތަޤުބަލުގެ އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށެވެ.

ޕޭރޫއަކީ ކޮރޯނާ ވައިރަސް ވަބާގައި ދުނިޔެއިން އެންމެ ގިނަމީހުން މަރުވި އެއް ޤައުމެވެ. އަދި ބްރެޒިލް ވޭރިއަންޓު އެޤައުމުގައި ފެތުރެންފުށުމާއި ގުޅިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ ނިސްބަތް ރެކޯރޑަށް އަރަމުންދެއެވެ. ކޮވިޑް ވަބާގައި ގިނަ މީހުން މަރުވަމުންދަނީ އޮކްސިޖަން ނުލިބުމާއި ވެންޓިލޭޓަރު ލިބެން ނެތިގެނެވެ. މަސައްކަތްތެރީންގެ ޢާއިލާތަކުން ގެންދަނީ ކޮއްތުދަރު ބޯފެން ހޯދުމަށް ގަނަތެޅެމުންނެވެ. އަދި ސްކޫލްތައް ބަންދުކުރަން ޖެހިފައިވުމާއި އެކު ކުޑަކުދީންވެސް ބުރަ މަސައްކަތްކުރަން މަޖުބޫރު ކުރުވައިފައިވެއެވެ.

ފާއިތުވި އަހަރަކީ 30 އަހަރަށްފަހު ޤައުމުގެ އިޤުތިޞާދު އެންމެ ގޯސްވެގެން ގޮސް 12 އިންސައްތައަށް ވެއްޓިގެން ދިޔަ އަހަރެވެ. މިއީ ވެނެޒުއެލާއަށްފަހު ލެޓިން އެމެރިކާގައި ދެވަނައަށް އިޤުތިޞާދު ފުނޑުފުނޑުވި ޤައުމެވެ.

ވެރިރަށް ލީމާގައި ވޯޓުލާމީހުނާއި ކުރެވުނު އިންޓަރވިއުތަކުންވެސް ރައްޔިތުންގެ ނުރުހުން ފާޅުވެގެން ގޮސްފައިވެއެވެ. ޤައުމުގެ ވެރިކަމުގެ ނިޒާމު ހިނގާ ގޮތާއިމެދު މުޅި ޤައުހެން ޙިއްޞާކުރަނީ ހިތްހަމަ ނުޖެހުމާއި ނުރުހުމެވެ.

ޢުމުރުން 49 އަހަރުގެ ހައުސްކީޕަރެއް ކަމުގައިވާ ތެރީސާ ވާސްކީޒް ބުނީ ކޮންވެސް އެއްސިފައެއްގައި އެމީހުން އެ ޤައުމުގެ ލީޑަރުންނަށް އިތުބާރުކުރި ކަމުގައެވެ. ނަމަވެސް މިހާރު އެކަކުވެސް އެމީހުންގެ ބަސް ޤަބޫލު ނުކުރާކަމުގައެވެ. ކަރަޕްޝަންގެ ތުހުމަތުގައި އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް ވެރިކަމުން ބޭލި ނަމަވެސް ފަހުގެ ރައީސުންކުރެ މާރޓިން ވިޒްކާރާއަށް ވާސްކީޒް ތާއީދުކުރި މީހެކެވެ. ނަމަވެސް ފަހުން އޭނާއަށް އެނގުނީ ޕޭރޫގެ ސިޔާސީ ބޭފުޅުން ކޮވިޑް ވެކްސިން ޖެއްސެވި އިރު ސިއްރިޔާތުގައި އޭނާވެސް ވެކްސިން ޖައްސަވައިގެން ހުންނެވި ކަމުގައެވެ. އަދި އެއީ ތަހުލީލުކުރާ މީހުން ސިޔާސީ މީހުނަށް އެކަނި ދިން ތަޖުރިބާކުރުމުގެ ވެކްސިނެކެވެ. މިއަހަރު ވަސްކީޒާ ވަނީ ފަސްބައި ސާފުކަމަށް ބެލެވޭ ދެ ކެންޑިޑޭޓަކަށް އޭނާގެ ސަމާލުކަން ދީފައެވެ. ނަމަވެސް ވޯޓުލާން އެންމެ ދެހަފްތާއަށް ވެގެންދިޔައިރުވެސް ހޮވާނީ ކާކުލކަން ނޭނގިފައި އެންމެ ފަހުވަގުތާއި ހިސާބަށް އުޅެން ޖެހުނެވެ. އެހެންވިމާ އޭނާވެސް ވޯތުކަރުދާސްކޮޅު ފޮށްޓަށް ވައްޓައިލާނީ ފާހަގަ ނުޖަހައި ކަމަށް ބުނެއެވެ.

އޭނާ ބުނީ އޭނާގެ މުޅި ޢާއިލާވެސް ތިބީ އެފަދަ ޙާލަތަެއްގައި ކަމުގައެވެ. އިތުބާރު ކުރާނީ ކާކަށްކަމެއް އެކަކަށްވެސް ކަނޑައަޅަން ނޭގިފައި ތިބި ކަމުގައެވެ.

އާދީއްތަދުވަހުގެ ކުރީން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ދައްކާގޮތުން ޖޫން މަހު އޮންނަ ދެވަނަ ބުރަށް ކޮންމެ ކެންޑިޑޭޓަކުވެސް ހިނގައިދާނެއެވެ. އަދި ގަތްގަނޑަކަށް 10 އިންސައްތަ ވޯޓު ހޯއްދަވާ ބޭފުޅުންގެ ތެރޭގައި ޕެޑްރޯ ކާސްޓިއްލޯވެސް ހިމެނިވަޑައިގެންފާނެއެވެ. މީނާއަކީ އިޖުތިމާޢީ ކޮންޒަރވޭޓިވް ޔޫނިއަންއެއްގެ އެކްޓިވިސްޓެކެވެ. އަދި މީނާ މަޤުބޫލުކަން ހޯދަމުން ދިޔައީ ޞިއްޙަތާއި ތަޢުލީމަށް އިސްކަން ދެއްވައި އިންވެސްޓު ކޮށްދެއްވާނެ ކަމަށް ވިދާޅުވެގެންނެވެ. ދެން ހުންނެވި ބޭފުޅަކީ ކެއިކޯ ފުޖިމޯރީއެވެ. އެއީ ކުރީގެ ޚުދުމުޚުތާރު ރައީސް އެލްބާރޓޯ ފުޖިމޯރީގެ ދަރިކަނބަލުންނެވެ. ކެއިކޯ ވަނީ ކޮވިޑްގެ ލޮކްޑައުން އުވައިލައްވާ ދަގަނޑު އަތަކުން ކުށްވެރީން ހިފައި ހައްޔަރު ކުރައްވާނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ޕޭރޫގެ މިއަހަރުގެ އިންތިޚާބު ދިމާވަނީ އެޤައުމުގެ މިނިވަންކަމުގެ 200 ވަނައަހަރު ފާހަގަކުރާ އަހަރާއިއެވެ. އެހެން ނަމަވެސް އެކަން ފާހަގަކުރުމުގެ ބަދަލުގައި ގިނަ މީހުންނަށް ސުވާލު އުފެދިފައިވަނީ ޤައުމުގެ ޑިމޮކްރަސީގެ ޞައްހަކަމާއި ޤައުމުގެ މިނިވަން ވިޔަފާރީގެ ބާޒާރާއި މެދުގައެވެ.

ކޮރޯނާ ވަބާގެ ކުރީންވެސް ޕޭރޫ އޮތީ ސިޔާސީ ހުރިހާ މިންގަނޑަކުން ބޮއްސުންލައިގެން ގޮސްފައެވެ. 2018 އިން 2019 އަށް ލެޓިން އެމެރިކާގެ ޚިޔާލު ހޯދުމުގެ ޕރޮޖެކްޓެއްގެ ދަށުން ކުރެވުނު ދިރާސާއެއް ދައްކާގޮތުން ޤައުމުގެ ޑިމޮކްރަސީއަށް އޮތް ތާއީދު ދުވަހަކުވެސް ނުދާހާ ދަށަށް ގޮސްފައިވެއެވެ. އަދި ޤައުމުގެ ޢަސްކަރިއްޔާ އަކީ އެމީހުން އެންމެ އިތުބާރުކުރާ ބަޔަށް ވެގެން ގޮސްފައިވެއެވެ.

އެހެން ފަހުން އެޤައުމުގައި ބޭއްވި ޢަންމު އިންތިޚާބަށްފަހު ފަސްއަހަރުގެ ތެރޭގައި ޤައުމު ވަނީ ބައިބައިބެގެން ގޮސްފައެވެ. ޤާނޫނުހަދާ މަޖިލީހާއި ވެރިކަމުގެ ބާރުތަކާއި ދެމެދު ކޯޅުމާއި ދެބަސްވުންތައް ގިނަވެ ބައިބައިވެފައެވެ. އެކަމާއި ގުޅިގެން ޤާނޫނުހަދާ މަޖިލީހުން ވަނީ ދެ ރައީސުންގެ އިތުބާރުނެތްކަމަށް ވޯޓުނަގައި ވެރިކަމުން ދުރުކޮށްފައެވެ. އަދި ފަހުން ވަޑައިގެންނެވި ރައީސް ވިޒްކާރާވަނީ ޕާރލަމެންޓު އުވައިލައްވައިފައެވެ. އަދި އިޞްލާޙީ މަސައްކަތުގެ ތެރެއިން އާ މަޖިލީހެއް ޢައްޔަންކުރުމަށް ގޮވައިލައްވައިފައިވެއެވެ.

މީގެ އިތުރުން 3 ރައީސުން ވަނީ ރިޝްވަތު ތަޙުޤީޤުތަކަކާއި ގުޅިގެން ޖަލުގައި ދުވަސްތޔައް ހޭދަކުރައްވައިފައެވެ. އޭގެ ތެރޭގައި މިއަހަރު ކުރިމަތިލެއްވި އެއް ކެންޑިޑޭޓަކުވެސް ހިމެނިވަޑައިގަންނަވައެވެ. 4 ވަނަ ބޭފުޅަކު ހައްޔަރުކޮށްފާނެތީ އަމިއްލަފުޅަށް އަވަހާރަވެ ވަޑައިގަތީއެވެ. އަދި މި ފަސްއަހަރުގެ ދައުރުގެ ތެރޭގައި އެންމެ މަޤުބޫލުކަން ހޯއްދެވި ފަސްވަނަ ރައީސް ވިޒްކާރާ ވަނީ މިޮދިޔަ އަހަރުގެ ނޮވެމްބަރު މަހު ޤާނޫނުހަދާ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓާއި އެކު ވެރިކަމުން ދުރުކޮށްފައެވެ. އޭނާގެ ބަދަލުގައި ހުންނެވި ނައިބުރައީސަށް ރައީސް އޮފީހުގައި ހުންނެވުނީ ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅެއްގައެވެ. އަދި މިހާރު އޭނާ ހުންނެވީ އިޙުތިޖާޖެއްގެ ތެރެއިން ދެ ޒުވާނަކު މަރުވި މައްސަލައިގެ ތަޙުޤީޤުގައެވެ. އަދި އެއީ އޭނާ އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތް ސަބަބެވެ.

ޤައުމުގެ ނިމުމެއްނެތް ކަރަޕްޝަންގެ އެއް އަޞްލަކީ ސިޔާސީ ޕާރތީތަކުގެ ވަފާތެރިކަން، ރިޔާސީ ކެންޑިޑޭޓުންނަށް، ވަލު ފެންޑާގައި ވިއްކުމެވެ. ބައެއް ޙާލަތްތަކުގައި މަޞްލަޙަތުގެ ޝިކާރައަކަށްވެސް ވެގެން ގޮސްފައިވެއެވެ.

މިހާރު ޕޭރޫގައި ސިޔާސީ ޕާރޓީތަކަކީ ރައްޔިތުން ތަމްސީލުކުރުމަށް ބޭނުންކުރާ އުޅަނދަކަށްނުވާ ކަމުގައި ޑިމޮކްރަސީއަށް ތާއީދުކުރާ އޯރގަނައިޒޭޝަން ޓްރާންސްޕޭރެނސިއާގެ ވެރިއާ އަދި ޕޮލިޓިކަލް ސައިންޓިސްޓު އެޑްރިއާނާ އުރޫޓިއާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ޕާރލަމެންޓުގައި އެންމެ ދަށް މިންގަނޑު ހަމަނުވެގެން އަދަބު ލިބެމުންދަ ތުނިވަރސިޓީތަކުގެ މަޞްލަޙަތު ތަމްސީލުކުރައްވާ ބޭފުޅުން އެބަ ތިއްބެވި ކަމުގައެވެ. އަދި ޣައިރު ޤާނޫނީ އިޤުތިޞަދުގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި އެކަމުގައި އުޅުއްވާ ބޭފުޅުން ތިއްބެވި ޕާރޓީތައް ތަމްސީލުކުރައްވާ ބޭފުޅުންވެސް އެބަ ތިއްބެވި ކަމުގައެވެ. އެގޮތުން ޣައިރު ޤާނޫނީ ގޮތުން ލަކުޑި ކެނޑުމާއި ބިން ކޮނެގެން މުއްސަނދިކަން ހޯދުން ހިމެނޭ ކަމުގައެވެ. ބައެއް ކެންޑިޑޭޓުން ގެންދަވަނީ ޑިމޮކްރަސީއާއިމެދު ރައްޔިތުންގެ އިތުބާރުނެތެމުންދާ މައްސަލައަށް އިތުރަށް ބާރުއަޅުއްވަމުން ގޮތްގޮތަށް ސައްލާތަކާއި ރޭވުންތަކުން މެސެޖުތައް ރާއްވަވަމުންނެވެ.

ޔޫނިއަން އެކްޓިވިސްޓު ކާސްޓިއްލޯ ވަނީ ދުސްތޫރީ ފަނޑިޔާރު ކޯޓު އުވައިލައްވައި އިންތިޚާބީ ފަނޑިޔާރުން ތިއްބަވާ ޝަރުޢީ ކޯޓެއް އެކުލަވައިލައްވާނެކަމަށްވިދާޅުވެފައެވެ. އަދި ދުސްތޫރަށް ގެންނަ މި އިޞްލާޙާއި ޕާރލަމެންޓުން ދެކޮޅުހަދާނަމަ ޕާރލަމެންޓު އުވައިލައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ސިޔާސީ ބައެއް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ބާރުތައް މުށަށް އަޅައިގެން އޮންނަ ޕޭރޫގެ ވައަތު ފިޔައިގެ ޚުދުމުޚުތާރުކަން ހުއްޓުމަކަށް އަންނަން ޖެހެއެވެ. އެގޮތުން އަލްޓްރާ ކޮންޒަރވޭޓިވް ގުރޫޕް އޮޕަސް ޑެއިގެ މެމްބަރު އަދި އިންތިޚާބުގައި ވާދަކުރައްވާ ވިޔަފާރިެވރިއާ ރަފައެލް ލޯޕޭޒް އަލިއާގާ ވަނީ ކަރަޕްޓު އޮފިޝަލުން ޢުމުރަށް ޖަލުގައި ބަންދުކުރައްވާނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ފުޖިމޯރީގެ ދަރިކަނބަލުން މިސް ފުޖިމޯރީ ވަނީ އޭނާގެ 3 ވަނަ ރިޔާސީ ކުރިމަތިލުމަށް ނިކުމެވަޑައިގެންފައެވެ. އަދި މިފަހަރު އޭނާ ވަނީ ރިޔަސީ ރޭހުގައި ކުރީން ގެންގުޅުއްވި މެދުމިނުގެ ސިޔާސަތުތައް ދޫކޮށްލައްވައިފައެވެ. ނަމަވެސް އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ރިޝްވަތާއި ޚިޔާނާތުގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އޭނާގެ ބައްޕަ، ފުޖިމޯރީއަށް މަޢާފު ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވެއެވެ.

ޕޭރޫގެ ސިޔާސީ އޮއިވަރަށް އަންނަ އަވަސްބަދަލުތަކުން ދިރާސާކުރާ ފަރާތްތައްވެސް ވަނީ ޤައުމުގެ މުސްތަޤުބަލާއިމެދު ކަންބޮޑުވެފައެވެ.

ޕޭރޫގެ ވޯޓު ނަގާ އޯރގަނައިޒޭޝަނެއްކަމުގައިވާ އިންސްޓިޓިއުޓް އޮފް ޕޭރޫވިއަން ސްޓަޑީޒްގެ އިސް ބޭފުޅެއްކަމުގައިވާ ޕެޓްރީޝިއާ ޒަރާޓޭ ވިދާޅުވީ މިހާނު ފެންނަ މަނާޒިރަކީ ބިރުވެރިކަން ފުރިގެން އަންނަ މަންޒަރުތަކެއް ކަމުގައެވެ. އަދި ޕާރލަމެންޓުން ރައީސެއްގެ އިތުބާރުނެތްކަމަށް ވަރަށް ފަސޭހައިން ނިންމި ދާނެކަމާއި ހަމަ އެހާ ފަސޭހައިން ވެރިކަމުން ދުރުކުރެވިދާނެކަން އެނގޭތީ ރައީސުން ޕާރލަމެންޓާއި ގުޅުން ގާތްކުރައްވަނީ ކަމުގައެވެ. އަދި އެއީ ވަރަށް ފަސޭހަކލަމެއް ކަމަށާ މިހާރު އަދި ކުރިއަށްވުރެ އެކަން ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ރައްޔިތުން ހިތްފަަޅައިގެން ގޮސް އުއްމީދު ގެއްލިފައިވާކަމުގައެވެ.