މާލޭގައި މިއަދު ރިލީސް ސާމްޕަލް ނަގާނީ ރޭގަނޑު 9:15 އިން ފެށިގެންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މާލެ ސާމްޕަލް ކަލެކްޝަން ސެންޓަރުގައި މިއަދު ރިލީސް ސާމްޕަލް ނަގާނީ ރޭގަނޑު 9:15 އިން 00:00 އަށް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފްލޫ ކްލިނިކްއަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރަމަޟާން މަހު ފްލޫ ކްލިނިކްތައް ހުޅުވާފައި ހުންނަ ގަޑިތައް:

  • ސެނަހިޔާ ފްލޫ ކްލިނިކް: 09:00 އިން 13:00 އަށް އަދި 21:00 އިން 00:00 އަށް
  • ހުޅުމާލެ ފްލޫ ކްލިނިކް: 09:00 އިން 13:00 އަށް
  • ވިލިމާލެ ފްލޫ ކްލިނިކް: 11:00 އިން 14:00 އަށް

ރަމަޟާން މަހާއި ގުޅިގެން ކޮވިޑް-19އިން ރައްކާތެރިވުމަށްޖަހާ ވެކްސިންދޭ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

ރަމަޟާން މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:00 އިން 23:00 އަށެވެ.

ވެކްސިން ޖަހާނީ، ސޯޝަލް ސެންޓަރު، ނޭޝަނަލް އާޓް ގެލަރީ އަދި ރައްޔިތުންގެ މަޖިލީސް، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލޭ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާއިންނެވެ.

މީގެއިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:00 އިން 23:00 އަށެވެ.