މިސްރުގައި ކުނި ނުވާ ގޮތަށް ހަދާފައިވާ ޝާހީ ގަބުރެއްގެ އަޑު ސައިންޓިސްޓުން ގެނެސްފިއެވެ.

ސައިންޓިސްޓުން ބުނީ، އެމީހުން މި މަސައްކަތުގައި ރިސާރޗްހެދީ މިސްރުގެ ހާމަދުރޫއެއްކަމުގައިވާ، ނެސްޔަމުންގެ ގަބުރުންކަމަށެވެ. އަދި މިގަބުރަކީ 3،000 އަހަރު ވެފައިވާ ގަބުރެއް ކަމަށްވެސް ސައިންޓިސްޓުން މައުލޫމާތުދެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި ސިއްޚީ ވަޞީލަތްތަކުގެ ޒަރިއްޔާއިން އެ ގަބުރުގެ ވޯކަލް ކޯޑު ޓްރެކްކޮށް، އޭގެ ބައްޓަން ސްކޭންތަކުންނާއި 3ޑީ ޕްރިންޓްގެ އިތުރުން އިލެކްޓްރޯނިކް ލަރީންކްސްއިން ހޯދާފައިވާއިރު، ސައިންޓިސްޓުން ބުނީ އެގަބުރުގެ އަޑުގެ ބާރުމިނާއި މަޑުމިން މުޅިއަކުން ނޭނގޭކަމަށެވެ. އަދި މީގެ ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި ގަބުރުގެ ދުލުގެ ގިނަ ބައެއް އުނިވެފައިވުމުންކަމަށެވެ.

ލަންޑަނުގެ ރޯޔަލް ހޮލޯވޭ ކޮލެޖުން، މި ރިސާޗުގެ ކޯ އޮތާރ ޑޭވިޑް އެމް ހޮވާރޑް ބުނީ ގަބުރުގެ ވޯކަލް ކޯޑު ހުރި ގޮތާއި އެއްގޮތަށް އެގަބުރުގެ އަޑު ގެނެސްދީފައިވާނެކަމަށެވެ. މި ނަތީޖާ ނެސްޔަމުންގެ އަޑާއި އެއްފަދަވިނަމަވެސް އޭނާ ބުނީ މި އަޑުގައި ކުދި ތަފާތުތަކެއް ހުރުން އެކަށީގެންވާކަމަށެވެ.

މި ރިސާރޗާއި ގުޅިގެން ޔުނިވަރސިޓީ އޮފް ނިއުޔޯކްގެ އާރކިއޮލޮޖިސްޓެއްކަމަށްވާ ރިސާޗުގެ ކޯރ އޮތާރ، ޖޯން ސްކޮފީލްޑް ބުނީ މި ރިސާރޗާއިއެކު އެންމެ ކުރީގެ ހޯދުންތަކަށާއި، ކުރީގައި މީހުންގެ އިތުރުން އެކި މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ސިފަތަކުގެ މައުލޫމާތު އެނގުމަށް މަގުފަހިވާނެކަމަށެވެ.

ދުނިޔޭގެ 7 އަޖައިބުން އެއް އަޖައިބު އެކުލެވޭ، އާށޯހުކުރުވަނިވި ރީތި ޕިރަމިޑްސްތައް ހުރި މިސްރަކީ ފަތުރުވެރިންގެ ހިތްގައިމު މަންޒިލެކެވެ. މީގެއިތުރުން މިސްރުގައި އެކި އަހަރުތަކުގައި ރަސްކަންކުރި ރަސްރަސްކަލުންގެ ގަބުރުތަކާއި، ތާރީހީ އަޖައިބުކުރުވަނިވި ތަރިކަ ފެނުމުގެ ފުރުސަތުވެސް ފަހިކޮށްދޭ މަންޒިލެކެވެ.

މިގޮތުން މީގެކުރިން ބެލުން ތެރިންނަށް ފެނިފައިވާނީ ގަބުރުތަކުގެ ހަށިގަނޑު ނަމަވެސް މި އައު އީޖާދާއިއެކު، ބެލުންތެރިންނަށް ގަބުރު ފެނުމުގެ އިތުރުން ގަބުރުތަކުގެ އަސްލު އަޑު ހުންނާނެގޮތް ފެނިގެންދާނެކަމަށް ސްކޮފީލްޑް ބުނެއެވެ.

ކޮންމެ މީހެއްގެ އަޑަކީ އެމީހެއްގެ ވަރަށް ޒާތީ އެއްޗެއްކަަމަށް ބުނެ އޭނާ ބުނީ ދުނިޔޭގައި މީގެ އެތަށް ހާސް އަހަރުތަކެއް ވަންދެން އުޅުނު މީހުންގެ އަޑު އަހާލަން ލިބުމަކީ ކޮންމެ މީހަކަށްވެސް ހަނދާނުން ނުފިލާނެ ތަފާތު ކަމަކަށް ވާނެކަމަށެވެ. އަދި ނެސްޔަމުންފަދަ 3000 އަހަރު ވަންދެން ދުނިޔޭގައި ދިރިއުޅުނު މީހުންގެ ފައްޅިފަދަ ތަންތަން އަލުން ދިރުމަކަށް ގެނެސްދެވޭނެފަދަ ކަމެއް ކަމަށްވެސް ސްކޮފީލްޑް ފަހަގަކުރިއެވެ.

ކުރިއަރަމުން ގެންދާ ދުނިޔޭގައި އައު އީޖާދުތަކާއި އުފެއްދުންތައް ހާމަވާވަރަކަށް އިންސާނުނަށް ދަނީ އެކި ކަންކަން ހާމަވަމުންނެވެ. މިގޮތުން ދުނިޔޭގައި މީގެ އެތަށް ހާސް އަހަރުތަކެއް ކުރިން ދިރިއުޅުން މީހުންގެ މައުލޫމާތު އިނގުމަކީ ކުރީގެ އެތައް ގިނަ ހާދިސާތަކަކާއި އޭރުގެ މީހުންގެ ދިރިއުޅުން ބައްޓަން ވެފައިހުރި ގޮތުގެ މައުލޫމާތު ލިބެން މަގުފަހިވާ ދޮރެކެވެ.