ހޮރައިޒަން ސީފުޑް ފިހާރަތަކުން ރަމަޟާން މަހަށް ޚާއްސަކޮށްގެން އަނެއްކާވެސް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިފަހަރުގެ ޕްރޮމޯޝަންގައި ސީ ފުޑް ފިހާރަތަކުން ކުރާ، 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކަދުރު ފޮށްޓެއް ލިބޭނެ ކަމަށް ހޮރައިޒަން އިން ވަނީ ބުނެފައެވެ. މި ކަދުރަކީ ތުރުކީގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ މަޒަފާޓީ ބްރޭންޑްގެ ތާޒާ ކަދުރު ކަމަށް ހޮރައިޒަން އިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ހޮރައިޒަންގެ ސީފުޑް ހުރިހާ ފިހާރައެއްގައިވެސް މިހާރު ވަނީ ފަށާފައެވެ.

ހޮރައިޒަން އިން ބުނީ އެކުންފުނީގެ ފިހާރަތަކުން މި ރަމަޟާން މަހު، ހެޔޮއަގުގައި މަހުގެ އެކި ބާވަތްތައް ލިބެން ހުރިއިރު، ކަދުރުވެސް އަގު ހެޔޮކޮށް ލިބެން އެބަހުރި ކަމަށެވެ.

ހޮރައިޒަން ފިޝަރީޒްގެ ބްރޭންޑެއް ކަމަށްވާ މާންދޫ މަހުގެ މަސް ދަޅަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުން ބާނާމަހުން، ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ ފެކްޓްރީގައި ބަންދުކުރާ މަސް ދަޅެވެ.

އެ ކުންފުނީގެ މާންދޫ މަސް ބްރޭންޑްގެ މަސްދަޅުތައް ސަންފްލާވަރ ތެލުގެ އިތުރުން، ގިތެޔޮ މިރުސް، ހިކިމިރުސް، ޓޮމާޓޯ، ލުނބޯ އަދި ލޮނުމެދު، ތައިމްގެ އިތުރުން އަސޭމިރުހާއި އެކުވެސް ބަންދުކޮށްފައި ހުރެއެވެ.

މި ބްރޭންޑްގެ ދަށުން މަސްދަޅުގެ އިތުރުން ކޭޓަރިންގެ ބޭނުންތަކަށް ހާއްސަކުރެވިގެން 1 ކިލޯ އަދި 3 ކިލޯގެ ޕައުޗް، ތެލާއި ފެނުގައި ބަންދުކޮށްފައިވެސް ލިބެން ހުރެއެވެ،