މަސްތުވާތަކެއްޗާއެކު ޅ.ހިންނަވަރުން ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އިންޓެލިޖެންސާއި ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ހިންގި އެއޮޕަރޭޝަނުގައި، އެރަށު ބަނދަރުމަތިން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެެވެ.

މީގެއިތުރުން ގދ ގައްދޫގައިވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައެވެ.

މި އޮޕަރޭޝަނަކީ، މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެއަތޮޅު ވާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިމަހުގެ 20 ވަނަ ދުވަހު އިންޓެލިޖެންސާއި ގައްދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެއޮޕަރޭޝަނުގައި، އެ ބޯޓު ގައްދުއާ ގާތްކުރުމުން ފުލުހުން އެބޯޓަށް އަރައި ބޯޓުގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިި ދެމައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.