މި ފޮޓޯތަކަކީ، ފަލަސްތީނުގެ ޣައްޒާގެ ބައެއް އާއިލާތައް މި ބަރަކާތްތެރި ރަމަޟާންމަހު ރޯދަ ވީއްލުމުގެ ކަންކަން ހުރިގޮތުގެ ފޮޓޯތަކެވެ.

2 މިލިއަނެއްހާ ރައްޔިތުން ދިރިއުޅޭ ޣައްޒާއަކީ، 2007 ވަނަ އަހަރުން ފެށިގެން އުދުވާނީ އިސްރާއީލުން އެއްގަމު މަގުން ވަށައިގެން ބަންދުކޮށް އަދި ކަނޑުމަގުންނާއި ވައިގެ މަގުންވެސް ބަންދުރުކޮށް ހިސާރުކޮށްފައިވާ ރަށެކެވެ.

ކިތަންމެ ދަތި ހާލެއްގައި އުޅޭން ޖެހިފައި ވިޔަސް، ރަމަޟާންމަހުގެ ރޯދަހިފައި، އަދި ލިބޭންހުރި އެއްޗަކުން އާއިލާތައް އެކުގައި ރޯދަވީއްލުމުގެ ކަންކަން ކޮންމެ އަހަރަކުވެސް ކުރިއަށް ދެއެވެ. ބައެއް އާއިލާތަކަށް އެމީހުންގެ އަމިއްލަ ގޭގައި ރޯދަ ވީއްލުމުގެ ފުރުސަތު ލިބުނު ނަމަވެސް، ބައެއް އާއިލާތަކަށް އެ ފުރުސަތެއް ނެތެވެ. އެމީހުންގެ ގެދޮރު އިސްރާއީލު ސިފައިން ތަޅައި ސުންނާފަތިކޮށްފައިވާއިރު މިހާރު ފެންނާން ހުރީ ގާފުނިތަކެވެ.