އެލައިޑް އިންޝުއަރަންސްގެ ރަމަޟާން ޕްރޮމޯޝަން "ރޯދަމަހާ ރޯއްޖާ" ގެ ދަށުން އަލަށް މޮޓޯ ތާރޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަގާ ފަރާތްތަކަށާއި ޕްލޭން އާ ކުރާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓަޑް އަގުތަކެއް ކަނޑައަޅައިފިއެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތަރޑް ޕާޓީ ކަވަރޭޖް ހޯދުމަށް ހޭދަވަނީ އެންމެ 140 ރުފިޔާ ކަމަށެވެ. 4 ފުރޮޅުލީ އުޅަނދެއް ނަމަ، 475 ރުފިޔާއެވެ. އެހެނިހެން އުޅަނދުތަކަށްވެސް އެލައިޑުން ވަނީ ޑިސްކައުންޓަޑް ރޭޓްތައް މިޕްރޮމޯޝަނުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ކޮންމެ ފަރުދަކަށްވެސް ހުޅުވާލާފައިވާނެ ކަމަށާއި، މިޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެގުމަށް އޮންލައިން ވަސީލަތްތައް އިހުތިޔާރުކުރުމުގެ އިތުރުން އެލައިޑުގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ގޮސް ވެސް ޕޮލިސީ ނެގޭނެކަމަށެވެ.

މޮޓޯ ތަރޑް ޕާޓީ އިންޝުއަރަންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާަތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ. ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައި މިޕޮލިސީއިން މުޅި މުޖްތަމައުއަށް އޭގެ ފައިދާ ކުރެއެވެ. މާނައަކީ، އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެފަރާތުން ޕޮލިސީ ނަގާފައި ވާނަމަ، ދެފަރާތަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދެއެވެ.

މިޕްރޮމޯޝަނާއި ގުޅޭގޮތުން އެލައިޑުން ބުނީ، މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެއް ކަމަށެވެ. އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މިމެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި، މީގެ އިތުރުން، ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމުގައި އެލައިޑުން ފާހަގަ ކުރިއެވެ.